September 27, 2024 18:24
Advertisement

-Advertisement-

ބިރުވެތިވޭ، ހަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައިވެސް ޖަވާބުދާރީވާން ޖެހޭނެ- ހުކުރު ޚުޠުބާ

އިސްލާމީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެކެވެ. އޭނާގެ މައްޗަށް ވާޖިބުތަކެއް ހުރި މީހެކެވެ. އަދި ކޮންމެ އިންސާނަކީ އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. ހަމަ އެފަދައިން ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. މައިންބަފައިން މުދައްރިސުން އެކިއެކި އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުން އެމީހުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެއެވެ.

ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސްވެރީންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި އަދުލުއިންސާފު ޤާއިމުކުރާ މުއައްސަސާތަކާއި ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި ޤައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި އިޤްތިސާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑެވެ. މީގެ އިތުރަށް ވިޔަފާރިވެރީންނަކީ ވެސް އެމީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލައި ޒިންމާ އަދާކުރާން ޖެހޭނެ ބަޔެކެވެ. އަހުރެމެން ކުރެ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ބައެކެވެ. އެފަދަ ފަރާތްތަކުން ވެފައިވާ އަޙުދާއި ހުވަޔަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަހުރެމެން ކުރެ ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ އެވެ.

ކޮންމެ މަސްއޫލިއްޔަތަކީ މާތް ﷲ އެ ފަރާތަކާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ. ޤިޔާމަތް ދުވަހުން އެކަމުގެ ޒިންމާ އެފަރާތަކުން އުފުލަންޖެހޭނެތީއެވެ. އެދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫނެވެ. ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫނެވެ.

Advertisement

ޢަދުލު އިންސާފުގެ ދާއިރާއަށް ބެލިޔަސް އަހަރެމެން ކުރެ ކޮންމެ މީހަކީ ޒިންމާދާރު މީހަކަށް ވާން ޖެހެއެވެ. ވެރީން އެކަންޏެއް ނޫނެވެ. އާންމު ރައްޔިތުންވެސް މެއެވެ. ޢަދުލު އިންސާފުގެ ކުރިމަތީގައި މޮޅެއް ދެރައެއްގެ ތަފާތެއް އޮވެގެން ނުވާނެއެވެ. ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ލިބެން ޖެހޭނެއެވެ. ކުށްކުރާ މީހާ ކުށަށް ޒިންމާވާން ޖެހޭނެއެވެ. އެއްވެސް މީހަކު ނުޙައްޤުން ކުށްވެރިއަކު ސަލާމަތްކުރާން މަސައްކަތްކޮށްގެން ނުވާނެއެވެ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެކެވެ. ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ އިޚްލާސްތެރިވާން ޖެހެއެވެ. ކަންކަން ކުރުމުގައި ރައްޔިތުންގެ ޙައްޤުތަކަށާއި ޤައުމުގެ މަސްލަހަތަށް އިސްކަންދޭން ޖެހެއެވެ. ތެދުވެރިކަމާއި އީމާންތެރިކަމަކީ އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ދެ ސިފައެވެ.

މައުލޫމާތު: ހުކުރުޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް