October 18, 2024 13:40
Advertisement

-Advertisement-

ޣައްޒާގެ ފޮޓޯ: ބުކިންގްސް އިންސްޓިޓިއުޝަން

އިސްރާއީލް - ޣައްޒާ ހަނގުރާމައަށް އެއް އަހަރު، އަދިވެސް ހުއްޓުމެއް ނެތް!

ޣައްޒާއަކީ 2.3 މިލިއަން މީހުންގެ އަމިއްޒަ ވަޒަނެވެ. މިއަދު އެ ތަން ފެންނަނީ މީގެ އެއް އަހަރު ކުރިން ފެންނަށް އޮތް ގޮތާއި ވަރަށް ތަފާތު ގޮތަކަށެވެ. އިމާރާތްތައް ބިމާ ހަމަވެފައެވެ. މީހުން ގެދޮރު ފުނޑުފުނޑު ކޮށްލާފައެވެ. އެތައް ޒަމާނެއްވީ ތާރީހީ މިސްކިތްތައް ބިމާ ހަމަކޮށްފައެވެ. މުހިންމު ދަނޑުބިންތައް ސުންނާފަތި ކޮށްފައެވެ. އިސްރާއީލުން ވަނީ ޣައްޒާ ފުނޑުފުނޑުކޮށް ގާ ކުނޑިއަށް ހަދާލާފައެވެ. މިއިން ދުވަހަކުވެސް އަލުން އަނބުރާ އަމިއްލަ ގެދޮރު އަލުން އާރާސްތުކޮށްގެން އަމިއްލަ ވަޒަނަށް ވަދެވޭނެ ކަމުގެ އުންމީދެއް ޣައްޒާގެ ރައްޔިތުންނަށްވެސް ނެތެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާއިން އެކަނިވެސް 41،900 އަށްވުރެ ގިިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ޔަގީންކޮށްދޭ ގޮތުގައި އޭގެ ތެރެއިން 34،000 މީހުންނަކީ ކޮންބައެއްކަން ވަނީ ދެނެގަނެވިފައެވެ.
ހަށިގަނޑުގެ ގުނަވަންތައް ވަކިވެ، އެކި ބައިތައް އެކި ތަންތަނުން ފެނިފައިވާ ހަށިގަނޑުތައްވެސް މަދެއް ނޫނެވެ. އިމާރާތްތަކުގެ ދަށުގައިވެސް މަރުވި މީހުންގެ ހަށިގަނޑުތައް ނުހޯދި ހުރުން ގާތެވެ.

ޣައްޒާ ސުންނާފަތިކޮށްލުމަށްފަހު އިސްރާއީލުން އަންނަނީ އަވަށްޓެރި އެހެން ގައުމުތަކަށްވެސް ހަމަލާ ދެމުންނެވެ. އެގޮތުން ހިޒުބުﷲ އާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ބުން ލުބުނާނަށް ވަނީ އަރައިގެންފައެވެެ. ލުބުނާނުގެ ދެކުނު ސަރަހައްދުތަކުން މީހުން ފޭބުމަށް އަމުރުކޮށް އެތައް ހަމަލާތަކެއްވެސް ދީފިއެވެ. ލުބުނާނުގެ ބިމުގެ ބޮޑުބައެއްގެ ކޮންޓްރޯލް އިސްރާއީލު ސިފައިން ހޯދައިފިއެވެ. ހިޒުބުﷲ އިން އިސްރާއީލަށް ދިން ހަމަލާތައްވެސް މަދެއް ނޫނެވެ. ހިޒްބުﷲ އާއި އިރާން އަދި ޔަމަނުގެ ހޫޘީންވެސް އިސްރާއީލަށް ހަމަލާދެނީއެވެ. އިސްރާއީލުގެ ހައިފާ އަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އިސްރާއީލުގެ މިލިޓަރީ ޓާގެޓުތަކަށް އަމާޒުކޮށްގެން ހިޒްބުﷲ އިން މިއަދުވެސް ވަނީ ގިނަ ރޮކެޓްތަކެއް އުދުއްސާލާފައެވެެ.

ޣައްޒާ ހަނގުރާމައަށް އަހަރެއްވީ އިރު ބައިނަލްއަގްވާމީ ދުނިޔެއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. ބަނޑުހައިހޫނު ކަމާއި، ބަލިމަޑުކަން ފެތުރިފައިވާ ޣައްޒާއަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޅައެއް ނުލިއެވެ. ނަމަވެސް މިއަދު އދ. ގެ ތަޖްރިބާކާރުން ވަނީ އެއް އަހަރުވީ މި ހަނގުރާމައިގެ ޒިންމާ ނެގުމަށް ގޮވާލައްވާފައެވެ. މެދު އިރުމަތީގެ ގައުމުތަކުން ވާހަކަދައްކައިގެން މަސްރަހު ފިނި ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި 7 އޮކްޓޫބަރ 2023 ގައި ހަމާސްއިން ރަހީނުންގެ ގޮތުގައި ބަންދުކުރި އިޒްރޭލު މީހުން ދޫކޮށްލުމަށްވެސް އދ. އިން ވަނީ ގޮވާލާފައެވެ. 

Advertisement

އދ. އަދި އެމެރިކާއިންވެސް އަންނަނީ އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ގޮވާލަމުންނެވެ. އެގޮތުން ބެއިރޫތުގެ އެއާޕޯޓަށް ހަމަލާ ނުދިނުމަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ. ބެއިރޫތުގައި މަޝްރަހު ގޯސްވަމުން އަންނައިރު ލުބުނާނުގައި ތިބި ބޭރުގައުމުތަކުގެ މީހުންނަށް ރައްކާތެރިކަމާއެކު ނުކުމެވެން އޮތް ހަމައެކަނި މަގަކީވެސް ބެއިރޫތުގެ އެ އެއާޕޯޓެވެ. އެހެންނަމަވެސް ރަފީގް ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓަކީ އިސްރާއީލުގެ ޓާގެޓެކެވެ. އިސްރާއީލުން އަންނަނީ އެ އެއާޕޯޓާއި ކައިރީގައިވާ ތަންތަނަށް ބޮން އަޅަމުންނެވެ.

+1
0
+1
0
+1
0
+1
1
+1
1
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް