October 5, 2024 16:17
Advertisement

-Advertisement-

ޤުރްއާނާއި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ މުޖުތަމަޢަކަށް ބަދަލުކުރުމަށް އެންމެންގެ ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފި!

ދިވެހި މުޖުތަމަޢަކީ ޤުރްއާނާއި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ. ރައީސް މިގޮތަށް އެދިވަޑައިގެންނެވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" ރާއްޖެ އިސްލާމްވި ދުވަހަކީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް އަޅުގަނޑުމެންގެ ފިޔަވަޅުތައް ސީދާކުރި ދުވަސް. އެއީ ހިދާޔަތާއި ނަސްރާއި ނަސީބުގެ ދުވަސް. އާއިލީ ގުޅުންތައް ޖަމާއަތުގެ އެކުވެރިކަން ޤައުމީ އެއްބައިވަންތަކަން މިދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ. ރާއްޖެ އިސްލާމްވި ދުވަސް ދިވެހި ޤައުމަށް ލިބިދިނީ ހިދާޔަތާއި ސަލާމަތު. އިހްސާނާއި ލޯބި. ކުލުނާއި ހަމްދަރުދީ. ޙުރުމަތާއި އިޙްތިރާމް. ފުރިހަމަ މިނިވަންކަމާއި ސިޔާދަތު". ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވެތިބުމަށް ވެސް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއްކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްކަން ފާހަގަކުރައްވާފައެވެ.

Advertisement

ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދޮގު ހެދުމާއި ދޮގު ޚަބަރު ފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް