October 18, 2024 13:37
Advertisement

-Advertisement-

ޕާކުތަކާއި ގޮނޑުދޮށްތައް ބައެއްގެ ނިދާ ތަންމައްޗަކަށް، ސަރުކާރުގެ ސަމާލުކަމަށް ނާންނަނީބާ؟

މާލޭގައި ހިތްފަސޭހަ މައިދާންތަކާއި ހެދި ގޮނޑުދޮށްތައް ތަރައްޤީކޮށްފައި ހުންނަނީ އެކި އުމުރުފުރާގެ ކުދިން ހިތްހަމަޖައްސާލުމަށެވެ. އެހެންނަމަވެސް މިތަންތަން މިހާރު މި ވަނީ ބައެއްގެ ނިދާ ތައްމަޗަކަށް ބަދަލުވެފައެވެ.

މިއީ ހުޅުމާލޭގެ ގޮނޑުދޮށުގައި މީހަކު ނިދުމަށް ހަދާފައިހުރި ތަނެއް/ ފޮޓޯ ޒީޓައިމްސް

ޕާކުތަކާއި ރަސްފަންނު ހެދިގޮނޑުދޮށްފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތަކާއި އުނދޯލިތަކުގައި މީހުން ތިބެނީ ރޭގަނޑު ނިދާފައެވެ. ހެނދުނު 7 ޖަހާއިރުވެސް ބައެއް މީހުން ގުގުރިދަމާފައި ނިދަން ތިބެއެވެ. އެއް ދުވަހަކު ރަސްފަންނުން މި މަންޒަދު ފެނިގެން ހަފްތާއެއްހާ ދުވަހު ފަތިސް ގަޑީގައި ނިކުމެ މިއީ އާންމުކަމެއްތޯ ބަލާލީމެވެ. އަދި މިއީ ކިހިނެތް ހިނގާ ކަމެއްތޯ މީސްމީހުން ކައިރިން އަހާލީމެވެ. ބައެއް މީހުން ބުނަނީ ތިޔައީ ހައިރާންވާ ވަރު ކަމެއް ނޫން ކަމަށެވެ. "ރަސްފަންނު ޖޯލިތަކުގައި އެތިބެނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ނިދި ޖެހިފައި، ބައެއް ފަހަރަށް 6:30 އަދި 7 ޖަހަން ކައިރިވީމަ ހޭލައިގެން އައިސް މޫދަށް އެރި ތިބޭ މީހުންގެ ދަބަސްތަކުން ވައްކަންވެސް ކުރޭ ތިޔަ މީހުން" ރަސްފަންނު ސަރަހަދަށް ފަތިހު ނިކުމެ އުޅޭ ދޮށީ އުމުރުގެ މީހަކު ބުންޏެވެ.
މޫދުގައި އޮލަ ވާހަކައިގަ މީހުން ތިބޭއިރު އެވެރިން އައިސް ގޭގެ ތަޅުދަނޑި ފަތިވެސް ނަގައިފި އެއް ދުވަހު، ފަހުން އެމީހުން އެ ވިއްކަންވެސް އުޅޭ، ދައްތާއޭ ތިމަންނާ ނުންހޭ މި ހޯދައިދިނީ ތަޅުދަނޑި އެހެންވީމަ ކޮންމެވެސް އެއްޗެއް ދޭންވާނެ ނުންހޭ ކިޔާ ރުފިޔާ ހޯދަން އާދޭސް ކުރޭ" މިކަހަލަ މީހުންނާއި ހެދި މިނިވަންކަން ގެއްލި ބައެއް ދުވަސްދުވަހު އެކަނި އަންނަންވެސް ބިރުގަންނަ ކަމަށް އުމުރުން ދުވަސްވީ ދައްތައަކު ބުންޏެވެ.


ހެންވޭރުކޮޅުން ދިމާވި ހަރުފުރާގެ މީހަކު ބުނީ "ކޮއްކޯ ތިޔަވާހަކަ ނުދައްކާ، މިހިރަ ސޯސަންމަގުގައި މައުހަދު (މިހާރުގެ އިސްލާމިކް ޔުނިވަސިޓީ) ކައިރި ތިޔަ ހުންނަ ފާކުގައިވެސް އަންހެނުންވެސް އެތިބެނީ އިރު އަރާއިރު ނިދާފަ. ފާކިން ޒޯނުތަކުގައިވެސް ތިޔަކަން އެބަހިނގާ، ބަލާބެލުމަށް ހީވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންހެން" އާންމުކޮށް އެ މަންޒަރުތައް ދެކޭ ކަމަށް ބުނާ މީހަކު 'ޒީޓައިމްސް' އަށް ކިޔައިދިނެވެ..

މީގެ އަހަރުތަކެއް ކުރިން މިގޮތަށް މީހުން ނިދާ އުޅުނީ ތީމުގެ ކައިރީގައެވެ. މިހާރުގެ ހައިކޯޓާއި ދިމާއިން، ލޯކަލްމާރުކޭޓް ކަންމަތީގައެވެ. އޭރުވެސް މަގުމަތިވެގެން އުޅުނީ ދެ ޖިންސުގެ މީހުންނެވެ. އަދި ކުޑަ ކުދިންވެސް ބައެއް ފަހަރު ފެނެއެވެ. ސަލާން ޖަހާ މީހުންނާއި، އަމިއްލަ ގެދޮރު މާލޭގައި ހުރެމެ، ނަމަވެސް ނިދާނެ ތަނެއް ނެތިގެން ކަމަށް ބުނެ ކާޑްބޯޑް ފޮށިގަނޑުތަކާއި ކުނާ ފަދަ ތަކެތި ފަތުރައިގެން އެމީހުން މާރުކޭޓު ސަރަހައްދުގައި ނިދާ އުޅުނެވެ.

Advertisement


މިހާރު މި ފެންނަނީ ބިދޭސީންނާއި ދިވެހިންވެސް މަގުމަތިވެގެން އުޅޭތީއެވެ. ރޭގަނޑު ނިދާލާނެ ތަންކޮޅެއް ނެތިގެން މަގުމަގުގައިވެސް ބިއްޖެހި ނިދިފައިތިބެނީއެވެ. ޕާކުތަކާއި ބީޗުތަކުގައި ނިދަނީއެވެ. ރޭގަނޑުގެ ނިދި ހަމަކޮށްލަން މި ނޫން ތަންމައްޗެއްވެސް ނެތް މީހުން ތިބީއެވެ. ބައެއް މީހުން ޕާކުތަކުގައި ނިދަނީ ދިރިއުޅޭތަނުގައި ޖާގަ ނެތި ތޮއްޖެހިގެން ނިދަން ޖެހޭތީއެވެ. އަނެއްބައި މީހުން ނިދަން ވަންނާނެ ތަނެއްވެސް ނެތީއެވެ. އަވައްޓެރި އިންޑިޔާފަދަ ގައުމުތަކުގައި މީހުން މަގުމަތިވެފައިވާ ގޮތަށް "ގްރޭޓާ މާލެ" ސިޓީގައިވެސް ބައެއް މީހުން މަގުމަތި ވެއްޖެއެވެ.

ޕާކުތަކުގައި ނިދައިގެން މިސްކިތްތަކުންނާއި، އާޓީފިޝަލް ބީޗާއި، ރަސްފަންނުގައި ހުންނަ ފެންމާގަނޑުތަކާއި އިސްކުރުތަކުން ފެންވަރައިގެން އުޅޭ މީހުންވެސް އެބަ އުޅެއެވެ. އޭގެތޭރޭގައި ބިދޭސީންވެސް ގިނައެވެ. ސައި ބޯންޏާއި، ދަތް އުނގުޅާ ބުރުސް ހިފައިގެން އައިސް މޫދަށް އެރިލުމަށްފަހު އަރައިގެން ދަނީ ލައިގެން ހުންނަ އަންނައުނު ދޮވެ މީހާ ގައިން ތާހިރުވެގެންނެވެ. މި ކާރޫ ބާރޫ ބޮޑު މާލެއިން ބޯހިޔާވަހިކަމެއް ނުލިބި ކާއެތިކޮޅުވެސް ނުލިބިގެން ސަލާން ޖަހާ މީހުންވެސް މަގުމަތީގައި އެބަ އުޅެއެވެ. މިސްކިތްތަކާއި އޭޓީއެމްތައް ކައިރީގައި މީހުން ނިދައެވެ.
ވޭޕް ހުއްޓުވުން ފަދަ ފިޔަވަޅުތައް އަޅުއްވާއިރު އޯގާތެރި ސަރުކާރަކުން މިކަމަށްވެސް ރިއާޔަތްކޮށްލުން މުހިންމުކަމަށް ދެެކެމެވެ. ބިތްޖެހިފައި އޮތް ޒުވާން އާބާދީ މަސްތުގެ ވަބާއިން ސަލާމަތް ކުރުމަށް މާލެ ނޫން އެހެން ރަށަކަށް، (އިންޑަސްޓްރިއަލް ސަރަހައްދަކަށް) ބަދަލުކޮށްގެން ނަމަވެސް އެމީހުންނަށް ދޭންޖެހޭ ފަރުވާ އާއި، އަމިއްލަ ފައިމައްޗަށް ތެދުވެ "ޑީސެންޓް" ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ނޫންތޯއެވެ.


މީގެ ކުރިން ދިވެހިން ޝަކުވާ ކުރަމުން ދިޔައީ ހަފްތާ ބަންދާއި ހެނދުނާއި ހަވީރު ދަރިން ގޮވައިގެން ޕާކުތަކަކާއި، ބީޗްތަކަށް ދާއިރު ބިދޭސީން ގިނަވެގެންނެވެ. ސަލްޓަންފާކު ކަހަލަ ތަންތަނުގައި ޖައްސާފައި ތިބޭ ކޮތަރުތަކަށްވުރެ އެ ބިދޭސީންގެ ބޯ ގިނަވެގެން އަޑުއުފުލި ޒަމާނެއްވެސް ދުށީމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓްރީގައި ހުންނެވި އިރު ސަލްޓަންޕާކު ފުރާލާ ބިދޭސީންގެ ކަންކަން ހައްލުކުރެއްވީ ރަސްރަނި ބަގީޗާގެ ގޮތުގައި އެތަން ތަރައްގީކޮށް ދިވެހިންނަށް އެކަނި ވަދެވޭ ގޮތަށް ހަމަޖައްސައިގެންނެވެ. ބިދޭސީން އެތަންތަނަށް ވަންނަން ފީއެއްވެސް ދައްކަން ޖެހުނެވެ. މިހާރު އެތަން ބަލަހައްޓާ ސިޓީ ކައުންސިލުންވެސް ދިވެހިންނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި އެތަން ބޭއްވުމަށް މަސައްކަތްކުރާތީ ފެނެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާއި، ފަތުރުވެރިންނަށްވެސް އެތަނަށް ޒިޔާރަތް ކުރެވެއެވެ.

ހަމަ އެގޮތަށް ފާކުތަކާއި ފިނި މައިޒާންތަކާއި ކުޑަކުދިންގެ ހިތްހަމަޖެހުމަށް ހަދާފައި ހުންނަ ބައެއް ތަންތަނުުގައި ސާފުތާހިރުކަމާއި، ހިތްފަސޭހަކަން އަލުން އިޔާދަކުރަން ޖެހެއެވެ. އެހެން ނޫންނަމަ "ގްރޭޓާރ މާލެ" ކިޔައިގެން އުޅުމުގެ ބޭނުމެއް ނުވަތަ މާލޭގެ "ގްރޭޓް" ކަމެއް އެބައޮތްތޯއެވެ؟

+1
0
+1
0
+1
2
+1
3
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް