October 18, 2024 13:32
Advertisement

-Advertisement-

ޒީޓައިމްސް ވީޑިއޯ: ބުޅިތުނބި

ބުޅިތުނބި މިއީ ގޮނޑުދޮށުގެ ދޫނީގެ ބާވަތެކެވެ. މިއީ އޮޅުކޮށްގެން ގޭތެރޭގައި ގެންގުޅޭ އުމުރު ދިގު ދޫންޏެކެވެ. މީގެ ދެތިން ވައްތަރެއް އުޅެއެވެ. މި ދޫނީގެ ތުން ހުންނަނީ ދިގުކޮށް ގުދުކޮންނެވެ. ފައި ދިގުވާނެއެވެ. ފަތްތަތަކުގައި ދޮންކުލައަކާއި ގަދަމުށިކުލައަކުން ދެފަތް ކިރުޅިވެފައި ހުރެއެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. މިއީ ބައެއް ދުވަސްވަރަށް ގިނަގިނައިން ގޮވާލަގޮވާލާ އިންނަ ދޫންޏެކެވެ. އެ ގޮަތަށް ގޮވަން ފެށީމައި ވިއްސާރަ މޫސުން ކައިރިވަނީ ކަމަށް ލަފާކޮށް "ފެނަށް ގޮވަނީއޭ" ދިވެހިން ކިޔައިއުޅެއެވެ.

މައުލޫމާތު: ރަދީފު

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް