October 18, 2024 17:31
Advertisement

-Advertisement-

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ޔަހްޔާ ސިންވާރު އަވަހާރަކޮށްލުން!

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލުގެ ޔަހޫދީންނާއި ދެކޮޅަށް އިސްލާމީ ޖިހާދެއް ކުރައްވަމުން ގެންދެވި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރ އަވަރާހަކޮށްލާފައިވާކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. 

ޔަހްޔާ ސިންވާރް އަވަހާރަކޮށްލިކަން އިސްރާއީލުން އިއުލާނުކުރީ ބުރާސްފަތި ދުވަހުުއެވެ. އިސްރާއީލް އަސްކަރިއްޔާއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ސިންވާރް އަވަހާރަކޮށްލީ ބުދަ ދުވަހު (18 އޮކްޓޫބަރ 2023ގައި) ދެކުނު ޣައްޒާގައި ދިން ހަމަލާއެއްގައި ކަމަށެވެ. އެހެންނަމަވެސް ހަމާސް އިން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ލީޑަރު ކަމަށް ޔަހްޔާ ސިންވާރު ހަމަޖެއްސެވީ މިދިޔަ އޮގްސްޓް މަހުގެ ތެރޭގައެވެ.

ޢިސްމާއިލް ހަނިއްޔާއަށްފަހު، ހަމާސްގެ ލީޑަރުކަމަށް އިސްކުރެވުނު ޔަހްޔާ ސިންވާރް، އޭނާ އަވަހާރާކޮށްލާފައިވާކަމަށް އިސްރާއީލުން ބުނޭ - ފޮޓޯ: ލަނުއޯވާ

ޔަހްޔާ ސިންވާރަކީ މިދިޔަ ޖުލައިމަހު، އިރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލެއްވި ހަމާސްގެ ލީޑަރު މްރްހޫމް އިސްމާއިލް ހަނިއްޔާއަށްފަހު ހަމާސްގެ ސިޔާސީ ވިންގަށް އިސްކުރެވުނު ލީޑަރެވެ.

Advertisement

ޔަހްޔާ ސިންވާރް އަވަހާރަކޮށްލުމަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ "މިއީ އުސާމާބިންލާދިން ޝަހީދުކޮށްލުން" ކަހަލަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޔަހޫދީންނާއި އެމެރިކާއިން ސިފަކުރާ ގޮތުގައި ޔަހްޔާ ސިންވާރުގެ ކޮނޑުގައި ޓެރަރިސްޓް ޓެގް އެޅުވި ނަމަވެސް އެއީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޑިޕްލޮމެޓިކް ގޮތުންނާއި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންވެސް މުސްލިމުންގެ ލޯބި އޮތް ހަމާސްގެ އިސްލީޑަރެކެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނަނީ ރަފަހްގައި، ހަމާސްގެ އިސްވެރިން ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ އިމާރާތެއް ބަލާ ފާސްކުރުމުގެ ތެރޭގައި ބުދަ ދުވަހު މަރާލެވުނު ތިން މީހުންގެ ތެރޭގައި ޔަހްޔާ ސިންވާރ ހިިމެނޭ ކަމަށެވެ. 2017 ވަނަ އަހަރުން ފެށިގެން ސިންވާރު އަންނަނީ ހަމާސް ޖަމާއަތުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
އިސްރާއީލާއި، އެމެރިކާ އަދި އިނގިރޭސިވީލާތުން ތުހުމަތު ކުރާގޮތުގައި 7 އޮކްޓޫބަރު 2023 ގައި އިސްރާއީލަށް ވަދެ 1200 މީހުން މަރާލާ ރަހީނުންގެ ގޮތުގައި 251 މީހުން ގެންދިއުމަށް އެހީތެރިވީ ސިންވާރެވެ. ބައިޑެން ވިދާޅުވީ "ޓެރަރިސްޓެއް މަރާލެވިއްޖެއްޔާ ދެން ހުރިހާ ކަމެއްވެސް ދާނީ ވަރަށް އުފާވެރިކޮށް" ކަމަށެވެ. ހަމާސް ލީޑަރު ސިންވާރު އަވަހާރަކޮށްލުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުފާފާޅުކޮށް އެއީ ޔަހޫދީންނަށް (އިސްރާއީލަށް) ލިބުނު ބޮޑު ނަސްރެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޔަހްޔާ ސިންވާރަކީ އިސްރާއީލުގެ "މޯސްޓް ވޯންޑެޓް މޭން" ގެ ގޮތުގައި ބަލައިގެން އޭނާއަށް ފާރަލަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަތަންޔާހޫ ހާމަކުރިގޮތުގައި "ސިންވާރް މަރާލެވުނަސް، އަދި ހަނގުރާމައަށް ނިމުން އައީ ނޫން" ކަމަށެވެ. އިސްރާއީލުން ދެމުންދާ ހައްދުފަހަނައެޅި ހަމަލާތަކުގައި ޣައްޒާގެ މެދުތެރޭގައި ހުންނަ މަޣާޒީ ރެފިއުޖީ ކޭމްޕަށް ބޮޑެތި ހަމަލާތަކެއްދީ މިއަދުވެސް 10 ވަރަކަށް މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މިހަމާލާގެ ކުރިން އިސްރާއީލުން ވަނީ އިރުމަތީ ޣައްޒާގެ ޖަބާލިއާގައި ހުންނަ އދ.ގެ ހިޔާއަކަށް ހަމަލާދީ 28 މީހުން ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

7 އޮކްޓޫބަރު 2023 ން ފެށިގެން އިސްރާއީލާއި ހަމާސްއާއި ދެމެދު ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި 42،438 މީހުން ޝަހީދުކޮށްލާފައިވާއިރު 99،246 މީހުން ވަނީ ޒަހަމްކޮށްލާފައެވެ. އަދި ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން 1،139 މީހުން މަރުވެފައިވާއިރު އަދިވެސް ރަހީނުންގެ ގޮތުގައި 200 މީހުން އެބަތިއްބެވެ.

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް