November 1, 2024 09:42
Advertisement

-Advertisement-

ލޮލުގައި ޖަރާސީމު ހުރި ފޮޓޯ: ކްލެވެލޭންޑް ކުލިނިކް

ލޮލުރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިވާނީ ކިހިނެއް؟

ލޮލުރޯގާ އަކީ ކޮބައިކަމާއި އެބަލިން ރައްކާތެރިވާނެ ގޮތް އެނގުން މުހިންމެވެ. ލޮލުރޯގާ އަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ލޮލުރޯގާ ޖެހުމުން ވާގޮތް:

1 ހުންއައުން

Advertisement

2 ލޯ ހިރުވުން

3 ލޮލުން ފެންއައުން

4 ލޮލުގައި މަޑުހެދުން

5 ލޯ ރަތްވުން

ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ވާނެއެވެ.

ލޮލުރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް:

1 ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން

2 އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން

3 ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުން

4 ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން

5 ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުން ނުކުރުން

ސްކޫލު ކުދިންގެ މެދުގައި އާންމުކޮށް ފެތުރޭ މިބަލި މިދުވަސްވަރުވެސް ދަނީ ކޮންމެވެސް ވަރަކަށް ފެތުރެމުންނެވެ. މިދިޔަ ސެޕްޓެމްބަރުމަހުގައިވެސް ލޮލުރޯގާ ބޮޑަށް ފެތުރެމުންދިއުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް