މިޒާ އަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ މަޝްހޫރު ޓިއުޝަން ސެންޓަރެކެވެ. މިޒާގެ ފުރަތަމަ ޓިއުޝަން ސެންޓަރު ހިންގަމުން އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ އޮރެންޖު ޓަވަރު (ހިޔާ ޓަވަރު 2) ގައެވެ. ވިނަރެސް ޓަވަރު 1 ގައި މިޒާގެ 2 ވަނަ ޓިއުޝަން ސެންޓަރު ހުޅުވައިފައިވާއިރު ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް ކުލާހެއްގައި ގިނަވެގެން 6 ނުވަތަ 8 ކުދިން ތިބޭ ގޮތަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއިރުން ވަކިވަކި ކުދިންނަށް ބޮޑަށް ސަމާލުކަންދީގެން ފިލާވަޅު އުނގަންނައިދިނުމަށް ފަސޭހަވެގެންދާނެތީ ކަމަށް މިޒާއިން ވަނީ މައުލޫމާތު ދީފައެވެ.
" ކުރިން 1 ސެންޓަރު ހިންގަމުން އައިއިރު ޖާގައިގެ ދަތިކަން ދިމާވި. އެހެންވެ 2 ވަނަ ސެންޓަރެއް ހުޅުވުމަށްފަހު އަޅުގަނޑުމެން މިއިސްކަންދިނީ ގްރޭޑް 9 އަދި 10 ގެ ބައެއް މާއްދާތައް ކިޔަވައިދޭއިރު އެއްކުލާހެއްގައި އެއްސްކޫލެއްގެ މަދު އަދަދެއްގެ ކުދިންނަށް ކިޔަވައިދިނުމަށް. ޚާއްސަކޮށް އިންޓަނޭޝަނަލް ސްކޫލުތަކުގައި މަތީ ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ވަކި ޚާއްސަ ކުލާސްތަކެއް ކުރިއަށްދާނެ. އެއީ އެކުދިންގެ މުޤައްރަރު ތަފާތުވުމުން. ވަރަށް ބޮޑަށް އިސްކަންދެން ވޯކްޝީޓްތައް ދީގެން ޕްރެކްޓިކަލްބައިވެސް ހިމަނައިގެން ކުދިންނަށް ފިލާވަޅު އުނގަންނައިދިނުމަށް".
މިޒާގެ ޓިއުޝަން ކުލާސްތަކުގައި ފިލާވަޅު ދަސްވެފައިވާ މިންވަރު ވަޒަންކުރުމަށް އެސެސްމެންޓްތައް ވެސް ކުރިއަށްގެންދާނެއެވެ. އަދި ރިވިޝަންގެ އިތުރަށް ޕާސްޓް ޕޭޕަރުތަކަށް ސަމާލުކަމެއް ދީގެން ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
" ހުކުރު ހޮނިހިރު ދުވަހު އިތުރު ކުލާސްތައްވެސް ނަގައިދެން. އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ފިލާވަޅު އުނގަންނައިދިނުމަށް މުދައްރިސުން އެހީތެރިކަން ފޯރުކޮށްދޭނެ. ސިލަބަސްގައިވާ މުހިންމު ފިލާވަޅުތައް ކުރުކޮށް ނޯޓްސް ހިއްސާކުރާނެ. ޤާބިލު އަދި ތަޖުރިބާކާރުންގެ އެހީގައި އިތުބާރު ކުރެވޭ މާހައުލެއްގައި ޓިއުޝަން ނަގަން ބޭނުންވާ ދަރިވަރުންނަށް މިއީ ރަނގަޅު ފުރުސަތެއް" މިޒާ އިން ފާހަގަކުރިއެވެ.
ވިނަރެސްގައި އަލަށް ހުޅުވި ޓިއުޝަން ސެންޓަރުގައިވެސް ކޮންމެ ކުލާހެއްގައި ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފައެވެ. ގުރޭޑް 1 އިން 12 އަށް ޓިއުޝަންދޭ މިޒާ ޓިއުޝަން ސެންޓަރުތަކުން އޯލެވެލް އަދި އޭލެވެލް އަށް ދަރިވަރުން ތައްޔާރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ކުލާސްތައް ނަގައިދެމުންނެވެ. ސްމާޓް ޓީވީ އާއި އޭސީކޮށްފައި ހުންނަ ކުލާސް ރޫމްތަކުގައި ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ޓިއުޝަން ދިނުމަށް މިއީ ރަނުގެ ފުރުސަތެކެވެ.
މިޒާއިން ފޯރުކޮށްދޭ ތަޢުލީމީ ފެންވަރާއި ގުޅޭގޮތުން އެތަނަށް ޓިއުޝަނަށް ފޮނުވާ 2 ކުއްޖެއްގެ މަންމަގެ ތަޖުރިބާވެސް އޮޅުންފިލުވައިލީމެވެ. މިގޮތުން ތޫޒާ ސަޢީދު މައުލޫމާތު ދިންގޮތުގައި ޓިއުޝަން ނަގައިދޭ އަގު ބޮޑެއް ނޫނެވެ. " އެއްކުއްޖަކަށްވުރެ ގިނައިން ފޮނުވާނަމަ ސިބްލިންގ ޑިސްކައުންޓްވެސް ދޭ. އިތުރަށް ފައިސާ ނުނަގާ އެކްސްޓްރާ ކުލާސްތައް ނަގައިދީ ނޭނގޭ ފިލާވަޅުތައް ކިޔައިދޭ. މިސާލަކަށް ވަކި މާއްދާއަކުން އިތުރަށް ފޯކަސް ކުރަން ބޭނުންކަމަށް ބުނެފިއްޔާ އެގޮތަށް ފޯކަސްކޮށްގެން ފެންވަރު ރަނގަޅު ތަޢުލީމް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްދޭ". ތޫޒާ މައުލޫމާތު ދިނެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ ހިޔާގައި ހުންނަ މިޒާގެ ޓިއުޝަން ސެންޓަރ 7333535 ނުވަތަ 7770953 އަދި ވިނަރެސްގައި ހުންނަ މިޒާގެ ޓިއުޝަން ސެންޓަރ 7333636 ނުވަތަ 7901890 މި ނަންބަރުތަކަށެވެ.
ފޭސްބުކް ޕޭޖް: Miza Institute