ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 53 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ މަތީ ދަރަޖަ ހޯދި 40 ބޭފުޅަކަށްވެސް ޚާއްސަ އިނާމު ދެއްވާފައެވެ. މިއީ މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ފަރާތްތަކެވެ.
މިލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0