November 15, 2024 03:09
Advertisement

-Advertisement-

މާލީ އެހީ ނުލިބުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސްއެޅޭ- ރައީސް

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައިވާ ޤައުމެއްކަމުގައި ފާހަގަކުރެއްވިއެވެ. ރައީސް މިގޮތަށް ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ޕްލެނަރީގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުންނެވެ.

އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، ކްލައިމެޓް ފައިނޭންސްގެ އެންމެ ފަހުގެ އޮނިގަނޑުގައި، މިހާރު ބޭނުންވެފައިވާ ކަންކަމަށާއި، މުސްތަޤްބަލުގެ ވިލުންވެރިކަމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. ރާއްޖޭގެ ތިމާވެއްޓާއި ކަނޑުތަކަކީ، ރާއްޖޭގެ ޘަޤާފީ ވަންތަކަމުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ، އެއީ އެގޮތަށް ގަބޫލުކުރަން ލާޒިމު އަދި އެގޮތުގައި ހިފަހައްޓަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި، ގެއްލުންތަކާއި ހިރާސްތަކަށް ޙައްލު ހޯދައިދިނުމަށް ދޭ ބައިނަލްއަޤްވާމީ މާލީ އެހީގެ ވަޢުދުތައް އިތުރުކުރެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ހަކަތައިގެ އާ ސިޔާސަތާއި، ކާބޯތަކެތީގެ ކަށަވަރުކަމާއި، ބޯހިޔާވަހިކަމުގެ ފަހި މަސައްކަތްތަކާއި، އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖެއިން ކުރިއަށްގެންދަވާ ކަންތައްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން، 2040 ވަނަ އަހަރު އަންނައިރު މޫސުމީ ބަދަލުތަކަށް ވިލުންވެރި ރާއްޖެއެއް ބިނާ ކުރުމަށްޓަކައި، 20 އަހަރު ދުވަހުގެ ތަޞައްވުރެއްގެ ދެލިކޮޕީ، ވަރަށް އަވަހަށް އެކުލަވާލައި ހާމަކުރާނެކަމަށްވެސް ވިދާޅުވިއެވެ. ކޮޕް29 ގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯއްދެވުމަށް އަޒުމް ކަނޑައަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ "މޫސުމީ ނޭދެވޭ ބަދަލުގެ ރާސްތާގެ ބަދަލުގައި، ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމުގެ ރާސްތާ ޚިޔާރުކުރުމަށް" ގޮވާލައްވާފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް