November 17, 2024 23:46
Advertisement

-Advertisement-

ހުޅުމާލެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް ޚިދުމަތްތައް ފުޅާކުރަނީ

އަލަށް ތަޢާރަފުކުރެވޭ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ ހުޅުމާލެ ހޮސްޕިޓަލް ހުޅުއްވައިދެއްވައިފައެވެ.

މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތްތަކާއެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލައްވައި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ. އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ބައްލަވާލައްވައި، އެތަންތަނުންދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިންގ ލައިސަންސް އެ ހޮސްޕިޓަލާ ވަނީ ހަވާލުކޮށްފައެވެ.

" މިހުރިހާ ތަރައްގީއަކީ ހަމައެކަނި ވަސީލަތްތަކުގެ ގޮތުން ގެނެވޭ ތަރައްގީތަކެއް ނޫން. މިއީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ އައު އުންމީދުތަކެއް. މިއީ ރަނގަޅު ސިއްޙީ ޚިދުމަތް ގާތުން ފޯރުކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތަރުޖަމާ. އަޅުގަނޑުމެންގެ ކުރިމަގު އުޖާލާވެ ސިއްޙަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އަޅުގަނޑުމެން އެންމެން އެކުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވަން". ސީއީއޯ އަބްދުއްރައްޒާގު އަލީ ވިދާޅުވިއެވެ.

Advertisement

ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެ ޚިދުމަތްތައް ދޭއިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން 28 އެނދު އިތުރުކުރެވިގެންދާނެ ކަމަށް ވެސް އަބްދުއްރައްޒާގު ވަނީ ވިދާޅުވެފައެވެ. އަދި ޑަޔަލިސިސް ހަދަން އަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިހާރު ބޭނުންކުރަނީ 10 އެނދު ކަމަށާއި އަންނަ އަހަރު ކުރީކޮޅު 10 އެނދުން 30 އެނދަށް އިތުރުކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެމަޖެންސީ ރޫމުގައި 7 އެނދުން 14 އެދަށް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ހޮސްޕިޓަލު ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރިއިރު އަލަށް ޤާއިމްކުރި 10 އެނދުގެ އައިސީޔޫއަކީ ޚާއްސަ ފަރުވާ ދެވޭނެ މަރުކަޒެކެވެ. މީގެ ސަބަބުން ކްރިޓިކަލް ކޮންޑިޝަނުގައި ތިބޭ ބަލިމީހުންނަށް ވަގުތުން ފަރުވާދެވޭނެއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް