January 20, 2025 18:58
Advertisement

-Advertisement-

"ބަރަބޯއޮށް" މިއީ ނުކައި ދޫކޮށްލެވޭވަރަށްވުރެ ފައިދާހުރި އެއްޗެއް!

ބަރަބޮލަކީ ސިފަޔާއި ބޮޑުމިނާއި ކުލަ ތަފާތުކޮށް ހުންނަ ތަރުކާރީއެކެވެ. ވަށްކޮށް ފަތާކޮށާއި އަދި ދިގުކޮށްވެސް ބަރަބޯ ހުރެއެވެ. ބަރަބޯ ހުންނަނީ އެކި ބޮޑުމިނުގައެވެ. ފެހިކުލައިގެ ބަރަބޮލާއި މުށިކުލައިގެ ބަރަބޯ ހުރެއެވެ. ލައްލައް ޖަހައިފައި ފެހިކުލައިގައި ހުންނަ ބަރަބޮލާއި މަޑުމުށި ކުލައެއްގައި ހުންނަ ބަރަބޯވެސް ހުރެއެވެ.

ބަރަބޯއޮށުގެ ފޮޓޯ: ބީބީސީ

ބަރަބޯވެލަކީ، ވަރުގަދަކޮށް ފެތުރި ހެދޭ ފަތް ބޮޑެތިކޮށް ވެޔޮގަނޑުގައި ހެދޭ އޮޅިފައި ހުންނަ ނަރުވާތަކެއް ހުންނަ ވެލެކެވެ. ބަރަބޮލުގެ ތަފާތު އެތައް ވައްތަރެއް ހުރެއެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަސޭހައިން ހެއްދޭ އެއްޗެކެވެ. ބަރަބޮލުގެ އޮށަކީ ބައެއްފަހަރު އުކާލެވޭ އެއްޗެކެވެ. ބަރަބޯއޮށް ކެއުމުން ހަށިގަނޑަށް ވަރަށްގިނަ ފައިދާތަކެއް ލިއްބައިދެއެވެ. އެގޮތުން ބަރަބޯއޮށުގައި ހަށިގަނޑަށް މުހިންމު ބޭނުންތެރި ވިޓަމިނާއި، މިނެރަލްސް އަދި އެންޓިއޮކްސިޑެންޓް، ޕްރޮޓީން އަދި ހެލްތީފެޓް ވަރަށްގިނަ މިންވަރަކަށް އެކުލެވިގެންވެއެވެ. 

Advertisement

ސިއްހީ ބައެއް ފައިދާތައް:

ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުން

ހަށިގަނޑުގެ މަސްތަކުގެ ހަރަކާތްތެރިކަމަށާއި ހިތުގެ ދުޅަހެޔޮކަމަށް މީގައި "މެގްނީޒިމް" މާއްދާ ހިމެނޭތީ އެހީތެރިވެދެއެވެ. އަދި ލޭގެ ޕްރެޝަރު ރަނގަޅު މިންގަނޑުގައި ހިފެހެއްޓުމަށް އެހީތެރިވުމާއި،  އެކުލެވިގެންވާ ހެލްތީފެޓުން ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ދިފާއީ ނިޒާމް ވަރުގަދަ ކޮށްދިނުން

ގައިގެ ހަންގަނޑަށް ދިމާވާ މައްސަލަތަކާއި ދިފާއީނިޒާމު ވަރުގަދަކުރުމާއި އާންމުކޮށް ދިމާވާ ބަލިތައް ޖެހުމުން ދުރުކޮށްދިނުމަށް "ޒިންކް" މި މާއްދާ ގިނައަދަދަކަށް ހިމެނޭތީ އެހީތެރިވެދެއެވެ.

ނިދީގައި ދިމާވާ އުނދަގޫތަކަށް ހައްލެއް

ބަރަބޯއޮށުގައި އެމިނޯއެސިޑް ހުރުމުން ނިދަން އުނދަގޫވުންފަދަ ކަންކަމުން ދުރުކޮށްދިނުމާއި ހަޖަމުގެ ނިޒާމަށް ދިމާވާ އެކިއެކި އުދަގޫތަކުންވެސް ދުރުކޮށްދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުންވެސް ވަރަށްގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.

ބަރަބޯއޮށް ބޭނުންކުރެވިދާނެ ބައެއް ގޮތްތައް:

ބަރަބޯއޮށް ފިހެގެން ނުވަތަ ހަނާކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ. އަދި ސެލެޑް، ޔޯގަޓް، ޕާން ނުވަތަ އޯޓްމީލް އާއި އެކުވެސް ބޭނުންކުރެވިދާނެއެވެ. ރާއްޖޭގެ ވަރަށްގިނަ ފިހާރަތަކުގައިވެސް ބަރަބޯއޮށް ވަރަށް އަގުހެޔޮކޮށް ލިބެންހުރެއެވެ.

މިއަދުން ފެށިގެން މިހާ ފައިދާތައް ލިބިދޭ އެއްޗެއް ކެއުމުގައި ބޭނުންކުރަން ފެށުން ކިހިނެއްވާނެހެއްޔެވެ؟

މައުލޫމާތު: ނޭޗަރޕީއެންޖީލޭންޑް

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް