January 31, 2025 02:56
Advertisement

-Advertisement-

ތަކަންދޫ އަކީ ތާރީޚީ ގޮތުން، ޤައުމިއްޔަތު ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް- ރައީސް

ހއ. ތަކަންދޫ އަކީ ތާރީޚީގޮތުން، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ ޤައުމިއްޔަތު ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިގޮތަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ތަކަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

" އަޅުގަނޑުމެންގެ ޤައުމީ ދުވަސް، އެ ތިން ބޭކަލުންނަށް ނިސްބަތްވާ ޤައުމީ ދުވަހުގައި، ޤައުމީ ދުވަސް އެ ފާހަގަކުރެވޭ ސަބަބަށް ބަލާއިރުގައި، މި ރަށުގައި ވަރަށް މުހިންމު ތާރީޚީ ތަރިކަތަކެއް އެބަހުރި. އަދި އޭގެ އިތުރަށްވެސް، މި ރަށުގައި، ތާރީޚީ ކަންތައްތައް ވަރަށް ގިނަ. ހިރިގަލުން ބިނާވެފައި ހުރި، ނޫނީވިއްޔާ ޤާއިމުވެފައި ހުރި ގަބުރުސްތާނު އެއީ، ބުނެވޭގޮތުގައި އަދި އަޅުގަނޑަށްވެސް ގަބޫލުކުރެވޭ، ހިރިގަލުގެ އެންމެ ބޮޑު ގަބުރުސްތާނަށްވުން އެކަށީގެންވޭ. ކޮންމެގޮތެއްވިޔަސް، ވަރަށް ހިސްޓޯރިކް ވެލިއު ހައި، ހެރިޓޭޖް ވެލިއު ހައި ތަނެއް". ރައީސް ވިދާޅުވިއެވެ.

އަދި ތަކަންދޫ އަކީ ޤައުމީ ވިސްނުމެއްގައި ސަމާލުކަން ދޭންޖެހޭ ރަށެއްގެ ގޮތުގައި ސިޔާސަތުގައި ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.

އިއްޔެ އުތީމުގައި އިޢުލާންކުރެއްވި، ޤައުމިއްޔަތު އިޢާދަކުރުމާއި ފުޅާކުރުމާއި، ދަރިންނަށް ކިޔަވައިދިނުމާއި އަދި ކުރިއަށްއޮތް މުސްތަޤުބަލަށް ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢެއްގެގޮތުގައި ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކުރުން ހިމަނައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މަޝްރޫޢުގެ ތެރޭގައި، ތަކަންދޫ އަދި ބާރަށް ހިމެނޭގޮތަށް، އެ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ ތަކަންދޫގެ ކައުންސިލް އިދާރާގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގައި އަލަށް އިމާރާތް ކޮށްފައިވާ ފުލުހުންގެ ޚިދުމަތްދޭ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުވެސް ޝަރަފުވެރިކޮށްދެއްވާފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް