February 23, 2025 03:07
Advertisement

-Advertisement-

އިންޑިއާގެ ނައިބު ރައީސްގެ އަރިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރެއްވި އިހްތިރާމްގެ ޒިޔާރަތް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި  އިންޑިއާގެ ނައިބު ރައީސް، އަދި ރާޖްޔާ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

ރާޖްޔާ ސަބާގެ ޗެއަރމަންގެ ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައިވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް – އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ މެންބަރުންނަށްވެސް ވަނީ މަރްހަބާ ވިދާޅުވެފައެވެ. އަދި ދެގައުމުގެ ދެމެދުގައިވާ މިއެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ރާޖްޔާ ސަބާގެ ޗެއަރމަން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް ދެއްވިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި މިއަދު ހުމާޔުން ޓޫމްބަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މާދަމާ ދިވެހި ވަފުދުގެ ބޭފުޅުން ތާޖް މަހަލް ބައްލަވައިލެއްވުމަށް އާގަރާއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިވަފުދުގެ ބޭފުޅުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް