ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ތަފާތު ތަޖުރިބާތައް ކުރާ މީހަކަށްވާނެއެވެ. އެހެންކަމުން އުޅޭ މާހައުލުގައި ދިމާވާ އެކިއެކި ކަންކަން އެންމެ ފުރިހަމަގޮތުގައި މެނޭޖް ކުރުމަށްޓަކައި އިސްކަންދޭ ބައެއް ކަންކަން ހުރެއެވެ.
އިސްކަންދޭ ކަންކަން ދެނެގަތުން:
ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންކަމަކީ ކޮބައިކަން ދެނެގަތުމަށް ވިސްނާލުމަށް ވަގުތު ހޭދަކުރާށެވެ. މިގޮތަށް ކަންކަން ކުރުމުން އެކަމަށް ހޭދަކުރާ ބޭކާރު ވަގުތާއި ހަކަތަ ސަލާމަތްކުރެވޭނެއެވެ.
ސަމާލުވާންޖެހޭ ކަންކަމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުން:
މުހިންމު މަސައްކަތްތަކަށް ދޭންޖެހޭ ސަމާލުކަމަށް ހުރަސްއަޅާ ކަންކަން މަދުކުރުން. މީގެ ތެރޭގައި ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތާއި، ފޯނުގެ ނޯޓިފިކޭޝަންތައް ނިއްވާލާފައި ބެހެއްޓުމާއި އެކަށީގެންވާ މަސައްކަތުގެ މާހައުލެއް އުފެއްދަން މަސައްކަތްކުރުން ހިމެނެއެވެ.
ހަރުދަނާ އުސޫލުތަކެއް ގެންގުޅުން:
ދިރިއުޅުމުގައި ދިމާވާ ކުދިކުދި ގޮންޖެހުންތަކާ މާބޮޑުކޮށް ވިސްނުމުގެ ބަދަލުގައި ބޭނުންތެރި މުހިންމު ކަންކަމަށް އަހަންމިއްޔަތުކަން ދެވިދާނެއެވެ. މުހިންމު ނޫން ކަންކަމާއި ޒިންމާތަކަށް "ނޫނެކޭ" ބުނުމަށް ޖެހިލުން ނުވާށެވެ.
ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައެޅުން:
ހާސިލްކުރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އިސްކަންދީގެން މަސައްކަތްކުރުމަށް ސާފު ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. މިގޮތަށް ކަންކަން ރޭވުމުން ހާސިލްކުރުމަށް ބޭނުންވާ މިސްރާބަށް ވާސިލުވުމަށް މަސައްކަތްކުރުމުގައި ހިތްވަރުލިބި ކުރިއަށްދާ މިސްރާބު ސާފުވާނެއެވެ.
ދުވަހުގެ މަސައްކަތްތައް ވަކި ގޮތަކަށް ބައްޓަންކުރަން އާދަކުރުވުން:
ވަކި ވަގުތެއްގައި ވަކިކަމެއް ކުރުމަށް ތާވަލްކޮށް އެއާ އެއްގޮތަށް އަމަލުތައް ބައްޓަން ކުރެވިދާނެއެވެ. އެގޮތުން ވަގުތަށް ނަމާދުކުރުމަކީ ދުވަހުގެ ތާވަލް ރާވާލުމަށް އެހީތެރިވެދޭނެ ކަމަކަށް ވާނެއެވެ. މިހެން ކަންތައް ބައްޓަން ކުރުމުން ހާސިލްކުރުމަށް ބޭނުންވާ މުހިންމުކަންކަމަށް އިސްކަންދީގެން މަގުސަދު ހާސިލްކުރުމަށް އެހީތެރިވެދޭނެއެވެ.
ކޮންމެހެން ބޭނުންވާ ތަކެތި ގެންގުޅުން:
ބޭކާރު މުދަލާއި، ތަކެއްޗާއި، އަދި ބޭކާރުގޮތުގައި އުފުލާ ބައެއް ޒިންމާތަކުން ދުރުހެލިވާށެވެ. މިހެން ކަންކަން ކުރުމުން ސިކުނޑިއަށް ލުއިކަން އިހުސާސްކުރެވި އުފެއްދުންތެރި ވިސްނުންތަކަށް މަހުފަހިވާނެއެވެ. އަދި މި ފަހި ވިސްނުންތައް ބޭނުންކޮށްގެން ހަރުދަނާ ފިޔަވަޅުތަކާއެކު ކުރިއަށްދާށެވެ.
އަމިއްލަ ނަފްސަށް އަޅާލުން:
ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ވަކި ތާވަލެއްގެ ދަށުން ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ކެއުމާއި، އަރާމުކުރުން ފަދަ ކަންކަމަށް އިސްކަން ދޭންވާނެއެވެ.
ނޫނެކޭ ބުނަން ދަސްކުރުން:
މަސައްކަތުގެ މާހައުލުގައި ވިޔަސް އަދި އަމިއްލަ ދިރިއުޅުމުގެ ކަމެއްގައި ނަމަވެސް ތިބާ ޤަބޫލުނުކުރާ ކަންކަމާއި މުހިންމު ނޫން ކަންތަކަށް "ނޫނެކޭ" ބުނަން ދަސްކުރާށެވެ. އެއިރުން ވަގުތު ސަލާމަތްވެ ބޭނުންތެރި މުހިންމު ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ލިބި މަގުފަހިވެގެންދާނެއެވެ.
ކުރެވޭ ކަންކަން ވަޒަންކޮށް ބަދަލުގެނައުން:
އިސްކަންދޭ ކަންކަމާއި، ލަނޑުދަނޑިތަކާއި އަދި ޒިންމާތައް އަބަދުވެސް މުރާޖާކުރަމުން ގެންދާށެވެ. އަދި މުހިންމުވާ ކަންކަމަށް ގެންނަންޖެހޭ ބަދަލު ގެނެސްގެން ކުރިއަށްދާށެވެ.
މައުލޫމާތު: ޑެރިއަސް ފޮރޫކްސް