February 24, 2025 17:01
Advertisement

-Advertisement-

ދޮގު ފެތުރުމާއި ޢީބަ ބުނުމާއި ނެތިމޮށުން ފަދަ އަމަލުތައް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި!

ދިވެހި މުޖުތަމައު އިސްލާހު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވީ ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރޯދަމަހާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދެމުންދާ މަސްދަޅު ކޭސް ބަހަން ފެށުމާއެކު ފަތުރަމުންދާ ތަފާތު ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ނިމިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކަރަންޓު ބިލާއި ފެންބިލުން ރަމަޟާންމަހު ޑިސްކައުންޓް ދޭނެކަމަށެވެ.

" ފުރަތަމަ ކޮންވާހަކައެއްތޯ ދެކެވުނީ މަސްދަޅުކޭހުން ވަކިވަރަކަށް މަސް މަދުކޮށްފައޭ އަޅުގަނޑުމެން ދެނީ. އެކަން ހަގީގަތަކަށް ނުވި. އެދޮގު ފަޅާއަރައިފި. މަސްދަޅުގެ މަތިގަނޑު ނެއްޓޭ ގޮތަކަށް ނޫނޭ ހުރީ ފަސޭހައިން. އެވެސް ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ. މާލޭގައި ބެހުމުގައި ފުރަތަމަ ދަތިތަކެއް ދިމާވި. އެކަމުގައިވެސް ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރި. އެކަންވެސް އެއޮތީ ހައްލުވެފަ. މިހާރު ދައްކާ ވާހަކައަކީ ރައްޔިތުންނަށް ކޮންމެ ގޭބީސީއަކަށް މަސްދަޅުކޭހެއް ދީގެން ސަރުކާރުން ކުރި ޚަރަދު ފޫބައްދަން ރަމަޟާންމަހު ފެންބިލާއި ކަރަންޓް ބިލުންނޭ އެބައި އަތުލާނީ. މިބިރު އުފައްދަނީ". ރައީސް ވިދާޅުވިއެވެ.

Advertisement

ދޮގު ވާހަކަ ދެއްކުމާއި ދޮގު ފެތުރުމާއި ޢީބަ ބުނުމާއި ނެތިމޮށުމާއި މިފަދަ ހުރިހައި އަމަލުތަކެއް ހިންގާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

" ދޫ ރައްކާތެރި ކުރަން އެބަޖެހޭ. ﷲ ދެއްވާފައިވާ އެންމެ ބޮޑު އެއް ބާރަކީ އަމާނާތަކީ ދޫ. އެ ދޫ ރައްކާތެރި ކުރެވިއްޖިއްޔާ ވަރަށް ގިނަ ނުބައި އަމަލުތަކުން އެމީހާ އެބަ ސަލާމަތްވޭ. ވަރަށް ގިނަ ފިތުނަތަކުން މުޖުތަމައު ސަލާމަތްވެގެންދޭ. އެއީ މާބޮޑުކަމެއް ނޫން. އެކަން ނުކުރާންވީ ސަބަބެއް ނެތް. ކުރަންވެސް ޖެހޭ. ނުކޮށް ދައްކާނެ ވާހަކައެއްވެސް ނެތް. ކުރަން އެއީ އަޅުގަނޑުމެންނަށް މަޖުބޫރުކަމެއް". ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ރަމަޟާންމަހު އަމިއްލަ ނަފްސު ޠާހިރު ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް