March 10, 2025 12:58
Advertisement

-Advertisement-

ކަރަންޓް ބޭނުންކޮށްފައިވާ ގޮތުގެ ތަފްސީލް

ކަރަންޓް ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން، ބިލު ކުޑަކުރުމަށް ސަމާލުވަމާ!

ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަހަކީ ގޭގޭގެ ކަރަންޓް ބިލު އެހެނިހެން މަސްތަކާއި އަޅާބަލާއިރު އިންތިހާއަށް ބޮޑުވާ މަހެކެވެ. އަދި ރޯދަމަސް ހޫނުމޫސުމާއި ދިމާވެއްޖެނަމަ ބިލު ބޮޑުވާމިންވަރު އިތުރުވެއެވެ.

ރޯދަމަހު ކަރަންޓްބިލު ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއްދޭ ދިވެހިންވެސް އުޅެއެވެ. ސްޓެލްކޯއިން ދަނީ ކަރަންޓްގެ މިންވަރު ބޭނުންކުރަމުންދާ ގޮތުގެ ތަފްސީލް ހާމަކުރަމުންނެވެ.

މިގޮތުން ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓް ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު އެއް 'ޕެޓާންއަކަށް' ކަރަންޓް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

Advertisement

" ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާއި ހަމައަށް ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވެ، ހެނދުނު 6 އިން 9 ޖެހުމާއި ހަމައަށް އެއްހަމައެއްގައި ދަނީ މަތިވަމުން. ހެނދުނު 9 އިން ފެށިގެން މެންދުރު 1 އާއި ހަމައަށް މިއީ ހޫނުގަދަވާ ގަޑިތަކަށް ވުމުގެ އިތުރުން އޮފީސް ގަޑިއަށްވުމާއެކު ކަރަންޓް ބޭނުންކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި". ސްޓެލްކޯއިން މައުލޫމާތު ދިނެވެ.

އަދި މެންދުރު 1 އާއި ހަވީރު 5 ޖެހުމާއި ދެމެދުގެ ގަޑިތަކަކީ ހޫނުގަދަވުމުގެ އިތުރުން ރަމަޟާންމަސް ކަމުން މިވަގުތަކީ ބަދިގޭގައި ކަރަންޓްގެ ބާވަތްތައް ގިނައިން ބޭނުންކުރާ ވަގުތަކަށްވާތީ ކަރަންޓް ބޭނުންކުރާ މިންވަރު މިގަޑިތަކުގައި އިތުރުކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ހަވީރު 5 އިން ފެށިގެން ރޭގަނޑު 7 ޖެހުމާއި ހަމައަށް ކަރަންޓް ބޭނުންކުރާ މިންވަރު ދަށްކަމަށް ފާހަގަކުރެވުނު ނަމަވެސް އޭގެފަހުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ގަޑިތަކުގެ ލޯޑާއި އެއްވަރަށް ކަރަންޓް ބޭނުންކުރަމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މާލެއާއި ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ކަރަންޓް ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު ކަރަންޓް ބޭނުންކުރި މިންވަރު ވަނީ ހުކުރު ދުވަހަށްވުރެ އިތުރުވެފައެވެ. އެގޮތުން އެންމެ ޕީކް ގަޑީގައި 94 މެގަވޮޓްގެ ކަރަންޓް ހޮނިހިރު ދުވަހު ވަނީ ބޭނުންކޮށްފައެވެ.

ކަރަންޓް ބޭނުންކުރަމުންދާ މިންވަރު އިތުރުކަމަށް ފާހަގަކުރެވޭ މެންދުރާއި ހަވީރުގެ އިތުރުން ރޭގަނޑުގެ ގަޑިތަކުގައި ކަރަންޓް އިޤްތިސާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ. ކަރަންޓް ބިލު ބޮޑުވުމަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށްވާއިރު ސްޓެލްކޯއިން ދަނީ މި ރަމަޟާންމަހު ކޮންމެ ދުވަހަކު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ ގޮތުގެ ތަފްސީލް އާންމު ކުރަމުންނެވެ.

+1
0
+1
0
+1
1
+1
0
+1
1
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް