March 14, 2025 22:46
Advertisement

-Advertisement-

ޕިއްޒާ ސޯސް ފޮޓޯ: ދަ ޕްރެކްޓިކަލް ކިޗަން

 ޒީޓައިމްސް ބަދިގެ: މީރު މީރު ޕިއްޒާ ސޯސް

ބޭނުންވާ ތަކެތި:

1 ސައިސަމުސާ ޕެޕްރިކާ

½  މޭޒުމަތީ ސަމުސާ ހަނާކޮށް ރާޅުކޮށް މުގުރާފައި ހުރި ހިކިމިރުސް

Advertisement

½  ޖޯޑު ޕެރިޕެރި ޓޯމާޓޯ ސޯސް

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ޖޯޑު ޓޮމާޓޯ ކެޗަޕް

2 މޭޒުމަތީ ސަމުސާ ފިޔާ ޕޭސްޓް

3 ޖޯޑު ޕީލްޑް ޓޮމާޓޯ ކުދިކޮށްކޮށާ ޗަސްކޮށްފައި ހުރި

1 މޭޒުމަތީ ސަމުސާ ލޮނުމެދު އިނގުރު ޕޭސްޓް

ލޮނުކޮޅެއް

އޮލިވް އޮއިލްފޮދެއް

ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދާލާށެވެ. ތެޔޮފޮދު އަޅާފައި ހޫނުވީމާ ލޮނުމެދު އިނގުރު ޕޭސްޓް އަދި ފިޔާ ޕޭސްޓް އެއްކޮށްލާށެވެ.

މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ދާށެވެ.

އެބައި ރަނގަޅަށް ހަނާވުމުން ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށްފައި ރަހަނިކުންނަ ވަރަށް މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ސޯސްގަނޑު ކައްކާށެވެ.

ރަހަ ނިކުންނަ ވަރަށް ރަނގަޅަށް ކެކުމުން އުނދުންމަތިން ބާލާށެވެ.

ޕިއްޒާ ސޯސް ވެސް ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރު ކުރެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް