March 14, 2025 22:58
Advertisement

-Advertisement-

ސްޓެލްކޯގެ 3 މުވައްޒަފަކަށް ހައްޖަށް ދިއުމަށް އަދި 3 މުވައްޒަފަކަށް އުމްރާއަށް ދިއުމުގެ ފުރުސަތު މިއަހަރުވެސް ދީފި!

ސްޓެލްކޯގެ ފަރާތުން 1446 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ވަނީ ހޮވައިފައެވެ. ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަމަށްޓަކައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެއްގެއެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅިއިރު، ޝަރުތު ހަމަވެފައިވަނީ 215 މުވައްޒަފެއްގެ ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

Advertisement

ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ

އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ

އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ

ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ މެދުގައި ގުރުއަތުލައިގެންނެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް