November 25, 2024 02:36
Advertisement

-Advertisement-

ހާދިސާ: މާކޮޓާރެއާއޭ ބުނީމަ ބިރުގަނޭތަ؟

ޢަލީ އަކީ ކުޑައިރު ވަރަށްގިނައިން މޫދަށްދާ ކުއްޖެކެވެ. ގޭދޮށު ކުދިންނާއެކު ޢަލީ މޫދަށް ދަނީ މަންމައަށް ފިލައިގެންނެވެ. މޫދަށް ދިއުމަށްފަހު ޢަލީގެ ރައްޓެހިންނާއެކު ގެއަށްދަނީ އެރަށުގެ ތުނޑީކޮޅުގައި ހުންނަ ފެންވަޅަކުން ގަޔަށް ފެންއަޅާ، ލައިގެން ހުންނަ ސޯޓާއި ގަމީސް އެވަޅުން ފެންލުމަށްފަހު އަވީލާ ހިއްކައިގެންނެވެ. މޫދަށް ދިޔަކަން އެގިއްޖިއްޔާ ޢަލީގެ މަންމަ އަދަބުދެއެވެ. އެދުވަސްވަރަކީ ސްކޫލުގައިވެސް މޫދައްދެވޭ ގޮތަށް ހަމައެކަނި ހަފްތާގެ ހޮނިހިރުދުވަސް ހަމަޖައްސާފައި އޮންނަ ދުވަސްވަރެކެވެ.

ނަމަވެސް ޢަލީ ބޭނުންވަނީ ކޮންމެދުވަހަކު މޫދަށްދާށެވެ. ޢަލީ މޫދަށްދާވަރުން ޢަލީގެ މަންމަ އެކަމާ ކަންބޮޑުވެގެން އެރަށު ބަޔަކު ލައްވާ ކަމެއް ކުރުމަށް ނިންމިއެވެ. އެއްދުވަހަކު އާދައިގެ މަތިން ޢަލީ ރައްޓެހިންނާއެކު މޫދަށްދިއުމަށްފަހު ގަޔަށް ފެންއަޅަން ހުއްޓާ އެދިމާ ގަސްތަކުގެތެރެއިން އަޑުއިވުނީ ކަޅުބޮޑު މީހަކު ބިރުވެރި އަޑަކުން ގޮވާއަޑެވެ. ޢަލީ އާއި ރައްޓެހިން ބިރުން ދުވެ ފިލައިފިއެވެ. އަދި އެދުވަހު މިވާހަކަ ރަށު މީހުންކައިރީގައި ދެއްކުމުން އެމީހުން ބުނީ އެސަރަހައްދުގައި ބިރުވެރި އެއްޗެއް އުޅޭ ކަމަށެވެ. އޭގެ ނަމަކީ 'މާކޮޓާރެއާ' ކަމަށެވެ. އޭގެ ފަހުން ޢަލީ މޫދަށް ދިއުން ހުއްޓާލިއެވެ.

އަދި އެފެނުނު ބިރުވެރި އެއްޗަކީ ކޯއްޗެއްކަން ބެލުމަށް ޢަލީއާއި ރައްޓެހިން ބޭނުންވިއެވެ. ނަމަވެސް ބިރުގަނެފައި ތިބި ވަރުން އެހިސާބަށް ދާކަށް ނުކެރުނެވެ. ޢަލީގެ މަންމަގެ ރޭވުން ކާމިޔާބުވިއެވެ. ނަމަވެސް ޢަލީ އަބަދުއެކަމާ ސުވާލުކުރާތީ ޢަލީ އަށް ވިސްނޭވަރުވުމުން މަންމަ އެކަންވީގޮތް ކިޔައިދިނެވެ. މާގިނައިން މޫދަށްދާތީ ޢަލީގެ ބޮޑުބޭބެ ކުރިކަމެއްކަމަށް ޢަލީ ކައިރީގައި ބުންޏެވެ.

Advertisement

ކުރީޒަމާނުގައި ދަރިން މޫދަށް ފޮނުވުމަށް ބައެއް މައިންބަފައިން ދެކޮޅުހެދި ކަމުގައިވިއަސް، މިހާރު ދަރިން މޫދަށް ގެންގޮސް ފަތަން ދަސްކޮށްދީ މޫދަށް އަހުލުވެރި ކުރުވުމަށް ގިނަ މައިންބަފައިން އިސްކަންދޭކަން ފާހަގަކުރެވެއެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވާއިރު ފަތަން ދަސްކޮށްދިނުމަކީ މުހިއްމު ކަމަކަށްވާތީ އެވެ.

ނޯޓް: މާކޮޓާރެއާ މިނަމަކީ ބައެއް ރަށްރަށުގެ މީހުން ބިރުވެރިއެއްޗަކަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ. 

+1
0
+1
1
+1
0
+1
3
+1
4
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް