November 23, 2024 21:00
Advertisement

-Advertisement-

ފޮޓޯ: ޒައިނާ

މިވައްތަރު އުޅާލި ކެއިންތަ؟

ބޭނުންވާތަކެތި:

2 ޖޯޑު ފުށް              

1 ޖޯޑު ހަކުރު

Advertisement

ބޭކިންގ ޕައުޑަރ (1 ސަމުސާ)

ކުކުޅު ބިސް (2)

ހުވަނދުމާ ފެން (1 ސަމުސާ)

ތެޔޮ

ތައްޔާރު ކުރާނެގޮތް:

ތަވާ އުނދުން މައްޗަށް އުދުމަށްފަހު ހަކުރު އަޅާށެވެ. މަޑުގިނީގައި ބަހައްޓައިގެން 5ވަރަކަށް މިނިޓް ކެއްކުމަށްފަހު ފިނިވަންދެން ތައްޓަކަށް އަޅާފަ ބަހައްޓާށެވެ. އެއަށްފަހު ކެއްކި ހަކުރު، ކުކުޅުބިސް، ހުވަނދުމާފެން، ބޭކިންގ ޕައުޑަރ އެޅުމަށްފަހު ފުށް މޮޑެލާށެވެ. ފުށް މޮޑޭއިރު ކާންބޭނުންކުރާ ކުލަކޮޅެއް އަޅާށެވެ. ތަފާތު ކުލަތައް ހިމެނޭގޮތަށް ވަކިވަކިން ފުށް މޮޑެވިދާނެއެވެ.

ބޭނުން ޑިޒައިނަކަށް އުޅާލި ތައްޔާރު ކުރާށެވެ. ތެޔޮ ހޫނުވުމުން އުޅާލި އެޅުމަށްފަހު، އުޅާލީގެ ކުލައަށް ބަދަލު އަންނަންދެން ތެލުލާށެވެ.

+1
1
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް