November 22, 2024 04:23
Advertisement

-Advertisement-

ލަޒާނިއާ

ލަޒާނިއާ މިގޮތަށް ތައްޔާރުކޮށްލާ މީރުވާނެ!

ބޭނުންވާތަކެތި

1 ދަޅު ޕީލްޑް ޓޮމާޓޯ

½ ދަޅު މަޝްރޫމް

Advertisement

1 ދަޅު ޓޮމާޓޯ (ކުޑަ)

¼ ޖޯޑު ފެން

އޮލިވް އޮއިލް

300ގ މޮޒަރެއްލާ ޗީޒް

ލަޒާނިއާ ޝީޓްސް

ރަހަލާވަރަށް ލޮނު

500ގ ކުކުޅު ނުވަތަ ގެރިމަސް (މިކްސަރުން ހިމުންކޮށްފަ)

2 ފިޔާ (ކިޔުބްކޮށް ކޮށާފަ)

6 ލޮނުމެދު (ކިޔުބްކޮށް ކޮށާފަ)

2 ސައިސަމުސާ ރާޅު އަސޭމިރުސް

3 ސައިސަމުސާ ސްޕެގެޓީ ބޮލޮގްނީޒް ނުވަތަ މިކްސްޑް އިޓޭލިއަން ހާރބް

1 ޗިކެން ނުވަތަ ބީފް ސްޓޮކް ކިއުބް

½ ކުޑަ ކެރެޓް (ކުދިކޮށް ކިޔުބްކޮށް ކޮށާފަ)

¼ ބެލްޕެޕަރ (ކުދިކޮށް ކިޔުބްކޮށް ކޮށާފަ)

ވައިޓް ސޯސް އަށް ބޭނުންވާތަކެތި:

150ގ ކްރާފްޓް ޗީޒް

3 ލޮނުމެދު (ގާނާފަ)

1 ޖޯޑު ދިޔާކިރު

½ ސައިސަމުސާ އަސޭމިރުސް

½ ސައިސަމުސާ ހާރބް

މީޓް ސޯސް ހަދާނެގޮތް:

އޮލިވް އޮއިލް ކޮޅެއްގައި، ޗިކަން ނުވަތަ ބީފް ސްޓޮކް ކިޔުބް އަޅައިގެން މީޓްކޮޅު ރޯފިލުވާލާށެވެ. މީޓްކޮޅު ރޯފިލީމަ ފިޔާ، ލޮނުމެދު، އަސޭމިރުސް، ކެރެޓު، ބެލްޕެޕަރ އަދި ހާރބްކޮޅު މީޓްގަނޑު ތެރެއަށް އަޅައިގެން 5 މިނިޓް ކައްކާލާށެވެ. ދެން ޕީލްޑް ޓޮމާޓޯ، މަޝްރޫމް، ޓޮމާޓޯ ޕޭސްޓު އަދި ފެން އެޅުމަށްފަހު އިރުކޮޅަކު ކައްކާށެވެ.

ވައިޓް ސޯސް ހަދާނެގޮތް:

ޗީޒް، ލޮނުމެދު، ދިޔާކިރު، ހާރބް އަދި އަސޭމިރުސްކޮޅު އަޅައިގެން ކުޑަ ތަވައެއްގައި 1 މިނިޓުވަންދެން ކައްކާލާށެވެ.

ނޯޓް: ސޯސްގަނޑު ހިކުނަ ނުދިނުމަށްޓަކައި ސޯސްގަނޑު އަޅަން ކައިރިވީމައި ކައްކާށެވެ.

ލޭޔަރ ކުރުން:

ފުރަތަމަ ޓްރޭގެ އަޑިއަށް މީޓް ސޯސްކޮޅެއް އަޅާލުމަށްފަހު އަޑި ފޮރުވޭވަރަށް ފަތުރާލާށެވެ. އެއަށްފަހު ސޯސްގަނޑު ފޮރުވޭވަރަށް އޭގެ މަތީގައި ލަޒާނިއާ ޝީޓްސް ރޯފިލުވުމަށްފަހު އަތުރާލާށެވެ. ދެން ޝީޓްސްތައް މައްޗަށް އަނެއްކާވެސް މީޓް ސޯސް އެޅުމަށްފަހު އޭގެ މައްޗަށް މޮޒަރެއްލާ ޗީޒް އަޅާށެވެ. ދެން މިތަރުތީބަށް ލޭޔަރ ކުރަމުންދާށެވެ. އެންމެ ފަހުގެ މީޓް ސޯސް މައްޗަށް ވައިޓް ސޯސް އަޅާލުމަށްފަހު މީޓް ސޯސްގަނޑު ފޮރުވޭވަރަށް ފަތުރާލާށެވެ. ދެން ވައިޓް ސޯސް މައްޗަށް މޮޒަރެއްލާ ޗީޒް ގިނައިން އަޅާށެވެ.

ލޭޔަރކޮށް ނިމުމުން އަވަން 180 ޑިގްރީގައި ޕްރީހީޓް ކުރުމަށްފަހު ލަޒާނިއާ ޓްރޭ އަވަން ތެރޭގައި 10 ވަރަކަށް މިނިޓް ނުވަތަ ޗީޒްތައް އެއްކޮށް މެލްޓުވަންދެން ފިހެލާށެވެ.

+1
7
+1
20
+1
0
+1
1
+1
3
+1
1
+1
4

Advertisement

ގުޅުންހުރި ލިޔުންތައް