November 22, 2024 05:40
Advertisement

-Advertisement-

ޔޯގަރޓް ޗިކަން

ސުފުރާމަތި ފަޅުފިލުވާލުމަށް ޔޯގަރޓް ޗިކަން

ބޭނުންވާތަކެތި

1 ކުކުޅު ނުވަތަ 10 ކުކުޅު ފައި (ޅިޔަ އަޅާފައި)

½ ޖޯޑު ޔޯގަރޓް

Advertisement

¼ ސަމުސާ މުގުރި ތަކޫވައް

1 މޭޒުމަތީ ސަމުސާ ވިނިގަރ

5 ލޮނުމެދު (ގާނާފައި)

1 އިންޗީގެ ޅަފަޅޯކޮޅެއް

2 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައިހުރި ހިކިމިރުސް

1 އިންޗީގެ އިނގުރުކޮޅެއް

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ

1 މޭޒުމަތީ ސަމުސާ ދިރި

އޮރެންޖު ކުލަކޮޅެއް (ކުލަ ހިފާވަރަށް)

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ލޮނުމެދު، އިނގުރު، ފަޅޯ، ދިރި އެއްކޮށް ހިމުންވަންދެން ފުނޑާށެވެ. ބާކީހުރި ހުރިހާ ބާވަތްތައް އެއާއި އެއްކޮށްފައި ކުކުޅުގައި ރަނގަޅަށް ހާކާށެވެ. އެއަށްފަހު 2 ގަޑިއިރު ވަންދެން އައިސްއަލަމާރީގައި ފިނިކުރަން ބެހެއްޓުމަށްފަހު އަވަނުގައި ރޯފިލަންދެން ފިހާށެވެ.

ރޮށި އަދި ފަރާޓާއާއި އެކު ޔޯގަރޓް ޗިކަން ކާން ވަރަށް މީރުވާނެ އެވެ.

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް