September 20, 2024 03:49
Advertisement

-Advertisement-

މާކް ޒުކަބާރގް

މާކް ފޭސްބުކް އުފެއްދީ ކިހިނެއްކަން އެނގޭތަ؟

މާކް ޒުކަބާރގްގެ ނަން ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ނަން ލިސްޓްގައި އޮތްއިރު އޭނާ އުފައްދާފައިވާ ފޭސްބުކް 2.8 ބިލިއަނަށްވުރެން ގިނަ މީހުން ބޭނުންކުރަމުންދެއެވެ. މިއީ މިހާރު ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާއެވެ.

1984ވަނަ އަހަރުގެ މޭމަހުގެ 4 ގައި އުފަންވެފައިވާ މާކް އެލިޓް ޒުކަބާރގްއަކީ އެމެރިކާގެ ނިއުޔޯކްގެ ވައިޓް ޕްލައިންސްއަށް އުފަން މީހެކެވެ. އޭނާއަކީ ފޭސްބުކްގެ ސީއީއޯ އަދި ކޯ ފައުންޑަރވެސްމެއެވެ. ފިލިޕްސް އެކްސްޒެކެޓަރ އެކަޑެމީގައި ކިޔެވުމަށްފަހު ހަވަރޑް ޔުނިވަރސިޓީގައި 2002ވަނަ އަހަރު ކިޔަވަމުންދިޔައިރު 2004ވަނަ އަހަރުގައި ފޭސްބުކް ލޯންޗްކުރިއެވެ.

މާކްގެ އިތުރުން އޭނާގެ ޔުނިވަރސިޓީގެ ކޮޓަރީގައި އުޅުނު ޑަސްޓިން މޮސްކޮވިޓްޒް އަދި ކްރިސް ހިއުގްސް ވަނީ ފޭސްބުކްގެ އެކި ބައި ބައި ހެދުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެކި ކެމްޕަސްތަކަށް ފޭސްބުކް އިޝްތިހާރުކުރުން ހިމެނެއެވެ.

Advertisement

2005ވަނަ އަހަރު އެކަނިވެސް ފޭސްބުކްއަށް 12.7 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. 2006ވަނަ އަހަރު ކޮންމެ ކަހަކަ އީމެއިލް އެއް ބޭނުންކޮށްގެންވެސް ފޭސްބުކް ބޭނުން ކުރެވޭނެ މަގުފަހިވެގެންދިޔައެވެ. ހަމަ އެއާއި އެކު ޔާހޫއިން ވަނީ 1 ބިލިއަން ޑޮލަރުގެ އޮފަރ އެއް މާކްއަށް ހުށަހަޅާފައެވެ. ނަމަވެސް 2007ވަނަ އަހަރު މައިކްރޯސޮފްޓް ކުންފުނިން ވަނީ 240 މިލިއަން ޑޮލަރަށް ފޭސްބުކްގެ 1.6 ހިއްސާ ގަނެފައެވެ. އަދި އޭގެ ދެއަހަރު ފަހުން ޑިޖިޓަލް ސްކައި ޓެކްނޮލޮޖީން ވަނީ ފޭސްބުކްގެ 1.96 ޕަސެންޓް ހިއްސާ 200 މިލިއަން ޑޮލަރަށް ގަނެފައެވެ. 2012ވަނަ އަހަރާއި ހަމައަށް ބަލާއިރު މާކްގެ 'އެސްޓިމޭޓެޑް ނެޓް ވޯތް' އަކީ 19 ބިލިއަން ޑޮލަރެވެ. އަދި 2021ވަނަ އަހަރު ޖެނުއަރީ މަހާއި ހަމައަށް މިއަދަދު ވަނީ 90 ބިލިއަން ޑޮލަރަށް އަރާފައެވެ.

މާކްގެ ހަޔާތައް ބަލާލާއިރު، އެންމެ ފުރަތަމަ މިޑިލް ސްކޫލްގައި ކިޔަވަމުންދިޔައިރު، މާކް ވަނީ އަމިއްލަ ސޮފްޓްވެއަރ ޕްރޮގްރާމެއް އުފައްދާފައެވެ. އެއީ "ޒުކްނެޓް"އެވެ. މިއީ މާކްގެ ބައްޕަ ގޭގައި މަސައްކަތްކުރަން ޖެހުމުން ބައްޕަގެ އޮފީހާއި މާކްމެންގެ ގެއިން މަސައްކަތާއި ބެހޭ ވާހަކަތައް ދެއްކުމަށް އުފެއްދި މެސެންޖާރއެކެވެ.

މާކްގެ އުމުރުގެ ގިނަ ކުދިން ގޭމް ކުޅުމަށް ޝައުގުވެރިކަން ހުރިއިރު މާކް ބޭނުންވީ ގޭމް ހެދުމަށެވެ. ރަށްޓެހި ކުރަހާ ކުދިން އައިސް ކުރަހައިދޭ އެއްޗިހިން ގޭމް ހަދާކަމަށް އޭނާބުނެއެވެ. އަދި ފޭސްބުކް އަކީވެސް ހަމަ އެގޮތަށް މަޖަލަކަށް ހެދި އެއްޗެއްކަމަށް އޭނާގެ އެކުވެރިން ބުނެއެވެ. މާކް ބުނާގޮތުންނަމަ އެންމެނަށްވެސް ބޭނުން ކުރެވޭފަދަ ވަސީލަތެއް އޮންނަންވާނެއެވެ. އެކަމަކު އެ ވަސީލަތް އުފެއްދި މީހަކަށް މާކްވާނެކަމަށް ދުވަހަކުވެސް އުންމީދު ނުކުރާކަމަށް ބުނެއެވެ.

2013ވަނަ އަހަރުގެ އޯގަސްޓްމަހު މާކްވަނީ އިންޓަރނެޓް.އޯރގް އުފައްދާ އޭގެ ޒަރިއްޔާއިން 2 ބިލިއަނަށްވުރެ ގިނަ މީހުންނަށް އިންޓަރނެޓް ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ. އެގޮތުން އިންޓަރނެޓް ބޭނުންކޮށްގެން ވަޒީފާ އަދާކުރެވޭނެއެވެ. އަދި ދުނިޔޭގެ ކުރިއަރަމުން އަންނަ ވިޔަފާރިތައް ފުޅާކުރުމަށް އިންޓަރނެޓްއަކީ ވަރަށް މުހިންމު އެއްޗެއްކަމަށްވެސް މާކް ވަނީ އޭނާގެ ފޭސްބުކް ޕޯސްޓްގައި ލިޔެފައެވެ.

މާކްގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، މާކް ކައިވެނިކޮށްގެން އުޅެމުން އަންނަނީ އޭނާގެ ކޮލެޖް ދައުރުގެ ބައިވެރިޔާއާއެވެ. މާކް ޗޭންއާއި ކައިވެނިކޮށްފައިވަނީ 2012ވަނަ އަހަރުގެ މޭމަހުގެ 10ވަނަ ދުވަހުއެވެ. މާކްގެ އަންހެނުން ޕްރިސްސިލާ ޗޭން އާއި އެކު މާކްއަށް ވަނީ ދެ އަންހެން ކުދިން ލިބިފައެވެ.

ނޯޓް: މިރިޕޯޓްގައި ހިމަނާފައިވާ މަޢުލޫމާތުތައް ނަގާފައިވާނީ ގޫގުލް އިންނެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް