November 22, 2024 05:26
Advertisement

-Advertisement-

ރައިސް ނޫޑްލްސް

ރައިސް ނޫޑްލްސް ރަހަބަލާލިންތަ؟

ބޭނުންވާތަކެތި:

300ގ ރައިސް ނޫޑްލްސް

300ގ ބޯންލެސް ޗިކަން

Advertisement

5 ސޮސެޖް

3 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް

1 ސައިސަމުސާ ރާޅު އަސޭމިރުސް

3 ތޮޅި މިރުސް

އޮލިވް އޮއިލް

3 ލޮނުމެދު

1 ބޮޑު ފިޔާ (ބޮޑުކޮށް ދިގަށް ކޮށާފަ)

½ މެދު ސައިޒުގެ ކެރެޓް (ހިމަ ދިގުކޮށް ކޮށާފަ)

½ މެދު ސައިޒުގެ ބެލް ޕެޕަރ (ހިމަ ދިގުކޮށް ކޮށާފަ)

ބޭބީ ކޯން

ބްރޮކޮލީ

ކުކުޅު މެރިނޭޓް ކުރަން:

1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

3 ލޮނުމެދު (ގާނާފައި)

ތައްޔާރުކުރާނެގޮތް

ފުރަތަމަ ފެން ކައްކާފައި ފެނުގެތެރެއަށް ކުޑަ ލޮނުކޮޅެއް އަޅައި އެއްކޮށްލުމަށްފަހު ރައިސް ނޫޑްލްސް، ކެއްކި ފެންއެތި ތެރެއަށް އަޅައި ރޯފިލަންދެން ބެހެއްޓުމަށްފަހު ރޯފިލުމުން ތައްޓަކަށް ނަގާފައި ބަހައްޓާނީއެވެ.

ކުކުޅުކޮޅު ހިމަދިގުކޮށް ކޮށާލާފައި ސޯޔާސޯސް އަދި ގާނާފަހުރި ލޮނުމެދުއަޅާ އެއްކޮށްލާފަ ބައިގަޑިއިރު މެރިނޭޓްކުރަން ބަހައްޓާށެވެ. ދެން އޮލިވް އޮއިލް ތަވާއަށް އަޅާ ހޫނުކޮށްލުމަށްފަހު ކުކުޅު ރޯފިލަންދެން ކައްކާލާށެވެ. ކެކެން ކައިރިވުމުން ސޮސެޖް އަޅައި އިރުކޮޅަކު ކައްކާލާފަ ތައްޓަކަށް ކުކުޅު އަދި ސޮސެޖް ނަގާނީއެވެ. އެއަށްފަހު ކުކުޅު ރޯފިލުވި ތަވައަށް އިތުރު ތެޔޮކޮޅެއް އަޅައި އޭގެތެރޭގައި ފިޔާ އަދި ލޮނުމެދު ކުޑަކޮށް ރަތްވެލަންދެން ކައްކާލުމަށްފަހު، އޭގެ އެތެރެއަށް ދެންހުރި ތަރުކާރީއާއި، ތޮޅި މިރުސް އަދި އަސޭމިރުސް އަޅައި ކައްކާށެވެ. ތަރުކާރީތައް މަޑުވެލީމަ އޮއިސްޓަރ ސޯސް އަޅާ އެއްކޮށްލާފަ ކުޑައިރުކޮޅަކު ކައްކާށެވެ. ސޯސްގަނޑު ތައްޔާރުވުމުން މަޑުކުރި ރައިސް ނޫޑްލްސް އަޅައި ހުރިހާބަވަތެއް އެއްކޮށްލާށެވެ.

ނޯޓް: ރައިސް ނޫޑްލްސް ސޮސެޖް ބޭނުންނުކޮށްވެސް ތައްޔާރު ކުރެވިދާނެއެވެ.

+1
1
+1
8
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް