November 22, 2024 23:05
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: ރައުފާ އާއި އަލަނާސި

ރައުފާ އަކީ ގުރޭޑު 7ގައި ކިޔަވާ ކުއްޖެކެވެ. ވަރަށް ކިޔެވުމަށް މޮޅު ކުއްޖެކެވެ. އިތުރު ހަރަކާތަކަށް ގައިޑްގައި އުޅޭ ރައުފާ ސްކޫލުން ބާއްވާ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެއެވެ. އެއްފަހަރެއްގައި ގައިޑް ކުދިންނަށް ބޭއްވި ގަސް އިންދުމުގެ މުބާރާތެއްގައި ރައުފާ އަށް ޖެހުނީ އަލަނާސީ ގަހެއް އިންދާށެވެ.

ކޮންމެ ކުއްޖަކަށް ޖެހެނީ ކޮންމެވެސް ކަހަލަ ކާއެއްޗެއް ނުވަތަ މޭވާއެއް އަޅާކަހަލަ ގަހެއް މުށިގަޑެއްގައި އިންދައިގެން އެގަހުގައި މޭވާ އަޅަންދެން ނުވަތަ އެގަސް ބޮޑުވަންދެން ފެންދީ ބަލަހައްޓާށެވެ. ރައުފާ އަށް އަލަނާސި މީރެއް ނޫނެވެ. ނަމަވެސް ގުރުލައިގެން ދިމާވީ އަލަނާސިގަހެވެ.

ހުރިހާ ކުދިންގެ ގަސްތައް ބެހެއްޓީ ސްކޫލް ގޯތިތެރޭގައެވެ. ގައިޑް ހަރަކާތް އޮންނަ ކޮންމެ ދުވަހަކު އެގަސްތަކަށް ފެންދީ އަދި ގަސްކާނާ އަޅައެވެ. ރައުފާގެ އަލަނާސި ގަސްވެސް ވަރަށް ރީތިކޮށް ހެދެއެވެ. ދުވަސްކޮޅަކުން ހުރިހާ ގަސްތަކެއް ހެދި ބައެއް ގަސްތަކުގައި މޭވާ އަޅައިފިއެވެ. ހުރިހާ ކުދިން އިންދާފައިހުރީ އަވަހަށް ފޯދޭކަހަލަ ކުދި ގަސްތަކެވެ.

Advertisement

ކޮންމެ ކުއްޖަކަށް ޖެހުނީ އެކުއްޖެއްގެ ގަހަކުން ލިބުނު މޭވާއެއް ނުވަތަ ތަރުކާރީއަކުން ކޮންމެ ބާވަތަކުން ތިންވައްތަރެއްގެ ކާއެއްޗެހި ގެއަށް ގޮސް ބޮޑު މީހެއްގެ އެހީއާއި އެކު ތައްޔާރުކޮށްގެން ގައިޑްކުދިންގެ ފުޑް ފެއަރ ބޭއްވުމަށެވެ. ރައުފާ ވެސް އަލަނާސި ހިފައިގެން ގެއަށް ގޮސް މަންމަ މަމްދޫހާ ކައިރީގައި ބުންޏެވެ.

ރައުފާ: މަންމާ! ގައިޑް ކުދިންގެ ފުޑް ފެއަރ އަށް އަލަނާސި ބޭނުންކޮށްގެން ތިންވައްތަރެއްގެ ކާއެއްޗެހި ތައްޔާރުކުރަންޖެހޭ. އަޅުގަނޑަށް އެގެނީ ހަމައެކަނި އަލަނާސި ފަނިގިރަން. އަދި އަލަނާސި އެހާ މީރެއް ނޫން.

މަންމަ: ބުނެދީފާނަން 'ޖުވޭސް ކުކަރީ' ކުލާހުން ދަސްކޮށްދިން ގޮތަށް އަލަނާސިން ތައްޔާރުކުރާ އެކިވައްތަރުގެ ކާއެއްޗެހި. އަލަނާސި އަކީ ވަރަށް ފައިދާހުރި މޭވާއެއް.

ރައުފާގެ މަންމަ އަލަނާސިން ތިން ވައްތަރެއްގެ ކާއެއްޗެހި ތައްޔާރުކުރާނެ ގޮތާއި ތަށި ޒީނަތްތެރިކުރާނެ ގޮތް ރައުފާއަށް ދަސްކޮށްދިނެވެ. ގައިޑް ކުދިންގެ ފުޑް ފެއަރ އިން އެއްވަނައަށް ދިޔައީ އަލަނާސި ބޭނުންކޮށްގެން ރައުފާ ތައްޔާރުކުރި ޕައިނެޕްލް މޫސް، ޕައިނެޕްލް ރައިސް އަދި ޕައިނެޕްލް ޕިއްޒާ އެވެ. ރައުފާ އަށް އެ ތިން ވައްތަރުގެ ކާއެއްޗެހި މީރުވިއެވެ. އަދި އޭގެފަހުން އަލަނާސި ވެސް ރައުފާ އަށް މީރުވިއެވެ. 

+1
0
+1
1
+1
0
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް