ބޭނުންވާތަކެތި
3 ޖޯޑު ސާގު (ފުށް ހިމުން ސާގު މަޑުކޮށް އޮލަކަން ފިލުވުމަށްފަހު)
5 ޖޯޑު ގަބުޅި ހުނި (މިކްސަރުން ހިމުންކޮށްފައި)
1 ޖޯޑު ހަކުރު
2 ޖޯޑު މާފެން
2 ޖޯޑު ގެރިކިރު
ތައްޔާރުކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާށެވެ. ހަކުރު އެޅުމަށްފަހު މާމުއި ކުލަ ހުންނަވަރަށް ހަކުރު ކައްކާށެވެ. އެއަށްފަހު ގަބުޅި ހުނި އެއްކުރުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ކައްކާށެވެ. ހުނިކޮޅުކެކި ކުލަ ބަދަލުވުމުން ސާގުއާއި މާފެން އަޅާފަ ކައްކާށެވެ. ކައްކާ ނިމެން ކައިރިވުމުން ގެރިކިރު އެއްކުރުމަށްފަހު އުނދުންމަތިން ބާލާށެވެ. ޓްރޭއަކަށް އަޅާފައި ހިހޫވުމުން އައިސް އަލަމާރިއަށްލާށެވެ.
މިލިޔުން ކިޔާލުމުން
+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0