November 22, 2024 11:54
Advertisement

-Advertisement-

ލޮނުމިރުސްލީ ކުކުޅު ބިރިޔާނީ

ބޭނުންވާތަކެތި:

2 ޖޯޑުބަތް

1 ލޮނުމިރުސްލީ ފިހުނުކުކުޅު

Advertisement

1/2 ސައިސަމުސާ މުގުރިދިރި

1/3 ޖޯޑު ކެޖޫނަޓް

1/3 ސައިސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ ބިރިޔާނީ މަސާލާ

1 މޭޒުމަތީސަމުސާ ހަނާކުރި ހަވާދު ހިމުންކޮށް ފުނޑާފައިހުރި

1/3 ޖޯޑު ހިކިމޭބިސްކަދުރު

1 ހިކަނދިފަތް

1 ސައިސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައިހުރި

1/2 ޖޯޑު ފިޔާ ތުނިކޮށް ކޮށާފައިހުރި

1/2 ސަމުސާ މުގުރި މިރުސް

1/2 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި

1 ލޮނުމެދު ޗިސްކޮށްފަހުރި

1 ސައިސަމުސާ ލުނބޯހުތް

1/3 ސައިސަމުސާ އިނގުރު ޗިސްކޮށްފަހުރި

1/2 ސައިސަމުސާ ޗިކަންކިއުބް

1 ބިސް ފެނުކެއްކި

1/2 ޖޯޑު ހަނާކޮށްފައިހުރި ފިޔާ، ހިކިމޭބިސްކަދުރު، ކެޖޫނަޓް

1 މޭޒުމަތީސަމުސާ ގިތެޔޮ

ލޮނު 

ރީނދޫ ކުލަހިފާވަރަށް

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ތަވާ އުނދުންމައްޗަށް އުދާށެވެ.

ތެޔޮ އެޅުމަށްފަހު ހޫނުވީމަ ފިޔާ ހިކިމޭބިސްކަދުރު ހިކަނދިފަތް، ކެޖޫނަޓް، މިރުސް އެއްކޮށް އަޅާލާށެވެ.

ފިޔާކޮޅު މޯޅިވީމަ ލޮނުމެދު، އިނގުރު، މިރުސް، ހުތް، ޗިކަންކިއުބް، މުގުރި ފޮނިތޮށި، ކާފޫރުތޮޅި، ހަވާދު، އަސޭމިރުސް، މަސާލާ އަދި ދިރި އަޅާލާށެވެ.

ކެކިގަތުމުން ކުކުޅު އޭގެތެރެއަށް އަޅާފައި 2 މިނިޓް ކެއްކުމަށްފަހު ނަގާފައި ވަކިން ބާއްވާށެވެ.

ބަތްކޮޅު އެއްކޮށްލާށެވެ. ރަހަހިފާވަރަށް ކެކުމުން ތައްޓަށް އަޅާލާށެވެ.

ބިހާއި ހަނާކުރި ބައި މައްޗަށް އެޅުމަށްފަހު ކުކުޅުމަސް އޭގެ މަތީގައި ބާއްވާށެވެ.

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް