November 25, 2024 04:32
Advertisement

-Advertisement-

ބޯށި ތެލުލަން ބޭނުންތަ؟ ކިހިނެއް ތެލުލަނީ؟

ބޭނުންވާތަކެތި

1 ބޯށި

2 ފިޔާ

Advertisement

4 ލޮނުމެދު

5 ހިކިމިރުސް

ވަޅޯމަސް

ހިކަނދިފަތް

1/2 ގިތެޔޮމިރުސް

ލޮނު

ތެޔޮ

ފެން

ތައްޔާރުކުރާނެ ގޮތް

ބޯށީގެ ބޭރު ދޮވެ ފެން ހިއްކުމަށްފަހު ތުނިކޮށް ކޮށާށެވެ. ބޯށި ކޮށާނީ ލޮނު އަޅާފައިހުރި ފެނުގެތެރެއަށެވެ. މިގޮތަށް ފެނުގައި 10 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު، ބޯށި ރަނގަޅަށް ދޮވެ ފެންހިއްކާށެވެ. ފިޔާ، ލޮނުމެދު، ވަޅޯމަސް އަދި ގިތެޔޮމިރުސް ތުނިކޮށް ކޮށާށެވެ.

ތަވާ އުދުންމައްޗަށް އުދާފަ ތެޔޮއަޅާ ހޫނުވުމުން އޭގެތެރެއަށް ފިޔާ، ލޮނުމެދު، ހިކިމިރުސް، ވަޅޯމަސް، ހިކަނދިފަތް، ގިތެޔޮމިރުސް އަޅާފަ މުރަނަވަންދެން ތެލުލާށެވެ. މުރަނަވުމުން ތެޔޮއެތިން ނަގާފަ ބަހައްޓާށެވެ. އަދި އެއަށްފަހު ކޮށާފައިހުރި ބޯށި ތެޔޮ އެއްޗަށް އަޅާ މުރަނަވަންދެން ތެލުލާށެވެ. މުރަނަވުމުން ނެގުމަށްފަހު ތެލުލި ހުރިހާ ބާވަތެއް އެހެން ތަވައަކަށް އެޅުމަށްފަހު މަޑުގިނީގައި 2 މިނިޓެއްހާއިރު ކައްކާށެވެ. ކައްކާއިރު ރަހަލާވަރަށް ލޮނު އަޅާށެވެ. 

ނޯޓް: ބޯށި ރަނގަޅަށް ނުދޮވެވިއްޖެނަމަ ހިތި ރަހަދޭނެއެވެ. މިގޮތަށް ތައްޔާރުކުރާ ބޯށި ގިނަދުވަސް ވަންދެން ހަލާކުނުވެ ބެހެއްޓޭނެއެވެ. ބޯށި ތަފާތު ގޮތްގޮތަށް ތެލުލާކަން ފާހަގަކުރެވެއެވެ.

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް