November 25, 2024 08:05
Advertisement

-Advertisement-

ތިބާގެ ލޯ ސަލާމަތުން ހުރިކަމަށްޓަކައި ޝުކުރުކުރިން ހެއްޔެވެ؟

އިމާރާތެއްގެ ސިޑިމަތީގައި އިށީނދެލައިގެން ކުޑަ ކުއްޖަކު އިނެވެ. އުނގުމަތީ ތޮފި ގަނޑެއް އޮތެވެ. އެ ކުއްޖާ ހުރީ ބޯޑެއް ހިފައިގެންނެވެ. އޭގައި ލިޔެފައިވަނީ "އަހަންނަކީ ލޯ އަނދިރި މީހަކީމެވެ. އަހަންނަށް އެހީ ވެދެއްވާށެވެ" މިފަދައިންނެވެ. އެކުއްޖާ އުނގުމަތީ އޮތް ތޮފިގަނޑުތެރޭގައި ކޮންމެވެސް ވަރަކަށް ފައިސާ ފޮތި ހުއްޓެވެ.

ފިރިހެނަކު ހިނގާފައި ދަމުން އެ ކުއްޖާކައިރީ މަޑު ޖެހިލިއެވެ. ޖީބުން ކޮންމެވެސް ވަރަކަށް ފައިސާ ފޮތި ނެގުމަށްފަހު އެކުއްޖާގެ ތޮފިގަނޑުތެރެޔަށް އަޅާލިއެވެ. އަދި އެކުއްޖާ ހިފަހައްޓައިގެން ހުރި ބޯޑު އަތުލުމަށްފަހު ކޮންމެވެސް އެއްޗެއް ލިޔެ އެކުއްޖާއާއި އޭތި ހަވާލުކޮށްފައި ހިނގައިގަތެވެ.
ގިނަ އިރުތަކެއްނުވެ ތޮފީގައި ހުރި ފައިސާ ގިނަވާން ފަށައިފިއެވެ. ދުވަހަކުވެސް އެކުއްޖާއަށް އެހީގެ އަތެއް ދިށްކޮއްނުލާހާ ގިނަމީހުން ލާރިއަޅަން ފެށިއެވެ. އެދުވަހު އެކުއްޖާގެ ބޯޑުގައި ލިޔެފަހުރި ލިޔުން ބަދަލުކުރިމީހާ ވާނުވާ ބެލުމަށް އެތަނަށް ދިޔައެވެ. އެ މީހާގެ ފިޔަވަޅުގެ އަޑަށް އެކުއްޖާއަށް ކާކުކަން އެނގުނެވެ. އަދި އަހާލިއެވެ.

ލޯފަން ކުއްޖާ: ތީ އަހަރެންގެ ބޯޑު ބަދަލު ކުރި މީހާތަ؟ ކޯޗެއްތަ އޭގަ ލިޔުނީ؟
ފިރިހެންމީހާ: އަހަރެން ލިޔުނީ ތެދު. އަހަރެންވެސް ލިޔުނީ ހަމަ އޭގައި ކުރިން ލިޔެފައޮތް އެތި އެހެންނަމަވެސް ތަފާތު ގޮތަކަށް.
އެމީހާ އެ ބޯޑުގައި ލިޔުނީ ”މިއަދަކީ ވަރަށް ރީތި ދުވަހެކެވެ. އެހެންނަމަވެސް އަޅުގަނޑަކަށް ނުފެނެއެވެ" މިފަދައިންނެވެ.

Advertisement

ފުރަތަމަ ލިޔުމާ ދެވަނަ ލިޔުމުން ބުނެދިން އެއްޗަކީ އެކައްޗެއްކަން ތިޔަ ކިޔުންތެރިޔާއަށް ވިސްނޭ ހެއްޔެވެ؟

ހަމަގައިމުވެސް މި ދެ ލިޔުމުން ވެސް އެހެންމީހުންނަށް ބުނެދިނީ އެ ކުއްޖާއަކީ ލޯ އަނދިރި ކުއްޖެއް ކަމެވެ. ފުރަތަމަ ލިޔުމުން ވަރަށް އާދައިގެ ގޮތަކަށް ބުނެދެނީ އެކުއްޖާ ލޯ އަނދިރިކަމެވެ. އެހެންނަމަވެސް ދެވަނަ ލިޔުމުން ބުނެދެނީ ލޮލުގެ ފެނުމުން މަޙުރޫމްނުވެ ތިބި މީހުންގެ ނަސީބު ރަނގަޅުކަމެވެ. އަދި އޭގެއިން ހަނދާން ކޮށްދެނީ އެއީ ވަރަށްބޮޑު ނިޢުމަތެއް ކަމަށާއި އެ ނިޢުމަތް ދެއްވި ފަރާތަށް ޝުކުރު ކުރަން ޖެހޭކަމެވެ.

މާތް ﷲ سورةالمؤمنون ގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ. (وَهُوَالَّذِي أَنشَأَلَكُمُ السَّمْعَ وَالْأَبْصَارَ ‌وَالْأَفْئِدَةَ قَلِيلًا مَّا تَشْكُرُ‌ونَ) މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكرކުރަނީ، ވަރަށްވެސް މަދުންނެވެ.“

 

މަސްދަރު: ދިސަލަފިއްޔާ

+1
0
+1
5
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް