November 22, 2024 10:49
Advertisement

-Advertisement-

މަސްޓަރޑް ޗިކަން

ބޭނުންވާތަކެތި:

6 ކުކުޅުފައި (ޅިޔައަޅާފައި)

1 މޭޒުމަތީ ސަމުސާ މަސްޓަރޑް ކްރީމް

Advertisement

1 މޭޒުމަތީ ސަމުސާ ބަޓަރު

2 ފިޔާ (ޕޭސްޓް ކޮށްފައި)

1/3 ސައިސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

3 ލޮނުމެދު ޕޭސްޓްކޮށްފައި

1 ސައިސަމުސާ އިނގުރު ޕޭސްޓް

1 މޭޒުމަތީ ސަމުސާ ވިނިގަރ

1 ސައިސަމުސާ ޗިކަން ކިއުބް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

ލޮނުކޮޅެއް

ތެޔޮ

ތައްޔާރުކުރާނެ ގޮތް

ހުރިހާ ބާވަތެއް އެއްކުރުމަށްފަހު ކުކުޅުފައިގައި ހާކާށެވެ. އެއަށްފަހު 20 މިނިޓް ވަންދެން ބަހައްޓާށެވެ. ކުޑަތެޔޮފޮދަކާއި ބަޓަރުކޮޅެއް ތަވާ އަށް އެޅުމަށްފަހު ހޫނުވީމަ ކުކުޅުފައި އަތުރާލާށެވެ. މަޑުގިނީގައި ރޯފިލަންދެން ކައްކާށެވެ. ނުވަތަ އަވަނުން ފިހެލާށެވެ.

+1
0
+1
1
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް