November 23, 2024 04:09
Advertisement

-Advertisement-

ހާދިސާ: ދަނޑުވެރިޔާ އާއި ދަނޑިއަލުވި ގަސް!

މާޅޮހު އަސްރުމާގޭ އިސްހާގުގެ ދެމަފިރިން އުޅެނީ ރަށުގެ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި ހުންނަ ގެއެއްގައެވެ.

އެ ދެމަފިރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ދަނޑުގޮވާން ކުރުމެވެ.

އެރަށުގެ ހުރިހާ އެންމެން އިސްހާގަށް ކިޔަނީ ދަނޑުވެރިޔާއެވެ.

Advertisement

މި ދެމަފިރިންގެ ތިބެނީ 11 އަހަރުގެ ފިރިހެން ކުއްޖަކާއި 9 އަހަރަށްދާ އަންހެން ކުއްޖެކެވެ.

އެއްދުވަހަކު ދަނޑުވެރިޔާ ދަނޑުގައި މަސައްކަތްކުރަން ގެންގުޅޭ ސާމާނު ކޮނޑަށް ލައިގެން ދަނޑަށް ދާން އޮންނަ ހަނިމަގުން އަޅާލިތަނާ މަގާއި ތަންކޮޅެއް ކައިރީގައި ހެދިފައިހުރި ދަނޑިއަލުވި ގަހެއް ގޮވާލިއެވެ.

ދަނޑިއަލުވި ގަސް: އޭ ދަނޑުވެރިޔާ. މާބާރަކަށް ކޮންތާކަށް ދަނީ؟

ދަނޑުވެރިޔާ: އަހަރެން ހައްދާ ފަތްކެޔޮ ދަނޑަށް މިދަނީ.

ދަނޑިއަލުވި ގަސް: ހުސް ފަތްކެޔޮގަސް ދޯ! ތިޔަހައްދަނީ.

ދަނޑުވެރިޔާ: އާނ ފަތްކެޔޮ ގަސް.

ދަނޑިއަލުވި ގަސް: އަހަރެމެން މިތިބެނީ މިވަލުތެރޭގެ އެތަން މިތަނުން ފަޅާފައި. ކީއްވާނީ އަހަރެމެން ގެންގޮސްގެން ރީތިކޮށް ދަނޑެއްހެން ހައްދާލިއްޔާ.

ދަނޑުވެރިޔާ: ވާގޮތަކީ ފަތްކެޔޮ އަވަހަށް ވިކެނީ. އަދި ބޮޑުއަގުގައި ވިކެނީވެސް. ދޮންކޭލަކީ ފަސޭހައިން ކާލެވޭ މޭވާއަކަށް ވެފައި އަނގަޔަށް މީރުވީމަ މީހުން އެހާ ގަންނަނީ.

ދަނޑިއަލުވި ގަސް: ދަނޑިއަލުވި ބޯކިބަލަކީ ވަރަށްމީރު އެހާ މަޝްހޫރު ބޯކިބަލެއް.

އަދި ކީއްވާނީ ދަނޑިއަލުވި ފެނުކައްކައިގެން ކާލިއްޔާ.

ދަނޑިއަލުވިން ހިތިވިސް ކައްކާ. ޕިރިނީކައްކާ. ފުށްހަދާ އެފުށުން ކޭކު ހަދާ. ނުލާހިކު އަގު ބޮޑުކޮށް ވިކޭ ދަނޑިއަލުވި ފުށްވެސް. ދަނޑި އަލުވިވެސް. އަދި އެހާ ހަށިގަނޑަށް ފައިދާވެސް ހުރި ފަލަމަޑިއެއް. އަހަރެން މިވަލުތެރޭގައި ހިތަކަށް އެތަން މިތަނުން ހެދެން ދޫކޮށްލާފައި ތިޔަތިބެނީ ބަލަ ދަނޑުވެރިންނެއް ނޫންތަ! މިކަހަލަކަންތަކަށް ވިސްނާ.

ދަނޑުވެރިޔާ: އާނ. އެންމެރަނގަޅު

މިއަދު ގެން ދާނީ ދަނޑި އަލުވި ގަސްކޮޅެއް. އެހެންކިޔާފައި ދަނޑުވެރިއާ ދަނޑިއަލުވި ގަސްތަކުން ގޮފިތައް ބުރިކޮށްގެން ގޮސް ދަނޑުވެރިޔާގެ ފަތްކެޔޮދަނޑުގެ ވަށައިގެން ފަސްގަނޑު ޖަހާލާފައި ދަނޑިއަލުވި ގަސް އިންދާލައިފިއެވެ.

ދުވަސްކޮޅަކުން ދަނޑިއަލުވި ގަސްތައް ބޮޑުވެ ދަނޑިއަލުވި ކޮންނަވަރު ވެއްޖެއެވެ.

ދެން ދަނޑުވެރިޔާ ދަނޑިއަލުވި ކޮނެގެން ގެއަށް ގެންދިޔުމުން ދަނޑުވެރިޔާގެ އަންހެނުން އާމިނާ އެދުވަހުގެ ހަވީރު ސަޔަށް ދަނޑި އަލުވި ބޯކިބަލެއް އެޅިއެވެ.

އެބޯކިބާ އެގޭ ކުދިންނަށް ވަރަށް މީރުވިއެވެ. ރޭގަނޑު ކާގަޑިއަށް ދަނޑި އަލުވި ފަތުން ސަމްބޯލް ހަދާފައި ދަނޑި އަލުވި ހިތި ވެސް ކެއްކިއެވެ.

ގޭގެ ހުރިހާ އެންމެނަށްވެސް މީރުވިއެވެ. އޭގެފަހުން އަބަދުވެސް ދަނޑުވެރިޔާ ދަނޑިއަލުވި ހައްދައެވެ.

+1
0
+1
8
+1
0
+1
0
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް