September 21, 2024 02:45
Advertisement

-Advertisement-

ކޮބާ މި ރޯދަމަހު ކިތައް މަސް ބާނައިފިން؟

ރޯދަމަހުގެ ހަވީރުގެ ވަގުތެވެ. ހުޅުމާލޭގެ ހިތްފަސޭހަ މަގުތަކުގައި ދުއްވަމުން ދިޔައީ ރޯދަ ކުރުކޮށްލުމުގެ ބޭނުމުގައެވެ. އިތުރަށް ހިތްހަމަޖައްސާލުމަށް ފިނިވައިކޮޅެއް ލިބޭ ހިސާބަކަށް ދިއުމަށް މިސްރާބު ބަދަލުކޮށްލީމެވެ. މިފަހަރު ލޮލުގައި އަޅައިގަތީ ހުޅުމާލޭ ކަންނެލި ޖެޓީ އޭ ކިޔާ ސަރަހައްދުގައި މަސްބޭނުމަށް ތިބި އެކި އުމުރުފުރައިގެ މީހުންނެވެ.

އެއްބަޔަކު ފޯރީގައި މަސްބާނަމުން ދިޔައިރު، އޭގެތެރެއިން ބައެއް މީހުންނަށް އެއްގޮތަކަށްވެސް މަހެއް ނުބޭނެއެވެ. އެކަމަކު ހިތްވަރު ދޫކޮށްނުލާ އިރުއޮއްސުމާއި ހަމައަށް މަސައްކަތްކުރަމުން ދިޔައީ ގެއަށް ގެންދާނެ، ނުވަތަ ވިއްކުމަށް ކުޑަވަރެއްގެ މަހެއް ނަމަވެސް ބޭނޭތޯއެވެ.

ބާނާފައިހުރި މަސްތަކަށް ބަލާއިރު އެންމެ ގިނައިން ފެންނަންހުރީ، 'ހުނިޔަ' ނަމަކަށްކިޔާ ބާވަތެއްގެ މަހެކެވެ. އަދި މަދުން ނަމަވެސް 'ތޮޅި' އާއި 'ކޮރަކަލި' ހުއްޓެވެ. މަސް ބާނަން ތިބީ ގިނައިން ބިދޭސީން ކަން ފާހަގަކުރެވެއެވެ. އެތަނުން މަސްބާނަން ހުރި މުކްޝަދު ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކާއި ސުވާލު ކޮށްލުމުން "ރޯދަމަސް ކޮންމެ ދުވަސް އަންނަނީ މަސްބާނަނީ، ދިވެހިމީހާ ގަންނަނީ އަހަރެން ވިއްކަނީ މަހެއް 20 ރުފިޔާއަށް" އެތާގައި މަޑުކޮށްލި ވަގުތުކޮޅު އެއީ ތެދެއްކަން އެގިގެން ދިޔައެވެ.

Advertisement

މަސްބޭނުމުގައި ހަރަކާތްތެރިވި މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ޖޯޝާއި ފޯރިއެވެ. މިއީ ވަރަށް ކުރާހިތުން ކުރާކަމެއްކަން ޔަޤީންވިއެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަސްބާނަން ތިބި މީހުން ފެނުނެވެ. އަދި މަންޒަރުބަލަން ތިބި މީހުން ވަކި މަދެއް ނޫނެވެ. ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ރޯދަމަހުގެ ހަވީރު ހުޅުމާލޭ އަތިރިމަތީގެ ސަރަހައްދު ފެންނަނީ މީހުން ގިނަ ތަނެއްގެ ގޮތުގައެވެ.

ރޯދަމަހު ރޯދަ ކުރުކޮށްލުމަށް މަސްބޭނުން މިއީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފަސޭހައިން ކުރެވިދާނެ ޝައުގުވެރިކަމެކެވެ. ޢާއިލާ ނުވަތަ ރަހުމަތްތެރިންނާއި އެކު މިގޮތަށް ގޮސް ބާނާ މަސް ކާލަން ލިބުމަކީ އިތުރު ހިންހަމަޖެހުމެކެވެ. މިއީ ފިހެލައިގެން ނުވަތަ ތެލުލައިގެން ވެސް ކާލަން މީރު މަހެއްވިއްޔާއެވެ. ހުޅުމާލެއިން މިފެންނަ ހިތްގައިމު މަންޒަރުތަކުން މަސްބާނަން ދާހިތްވެއްޖެއެވެ.

+1
0
+1
6
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް