September 20, 2024 03:58
Advertisement

-Advertisement-

ކާފޫރުތޮޅި އަގު ބޮޑުވަނީ ކީއްވެގެންކަން އެނގޭތަ؟

ކާފޫރުތޮޅީގެ އަގު ބޮޑުވާ ސަބަބަބީ ތޮޅި ބިންނަނީ އަތުންކަމުގައިވެފައި މިކަމަށް ވަރަށްގިނަ ވަގުތު މަސައްކަތްތެރިން ހޭދަކުރަންޖެހޭތީއާއި ތޮޅިއަށް އޮންނަ ޑިމާންޑް ބޮޑުކަމުންނެވެ. ކާފޫރުތޮޅި އަތުން ބިނުމަށްފަހު ސާފުކޮށް އަދި އިރުގެ އަލިން ހިއްކާ ބާޒާރަށް ނެރެއެވެ. ދުނިޔޭގެ ބާޒާރުގައި ކާފޫރުތޮޅި ކިލޯއެއްގެ އަގު 25 ޑޮލަރާއި 30 ޑޮލަރާއި ދެމެދުގެ އަގެއްގައި ހުރިއިރު މިއީ ގާތްގަނޑަކަށް 450 ދިވެހި ރުފިޔާކަން ފާހަގަކޮށްލެވެއެވެ.

ފެހި އަދި ކަޅުކުލައިގެ ކާފޫރުތޮޅި

ދެކުލައެއްގެ ކާފޫރުތޮޅި ހުރެއެވެ. އެއީ ކަޅު އަދި ފެހިކުލައެވެ. އެގޮތުން ފެހި ކާފޫރުތޮޅި އަގުބޮޑުކަން ފާހަގަކޮށްލެވެއެވެ. ސަބަބަކީ ކަޅު ކާފޫރުތޮޅިއާއި ފެހި ކާފޫރުތޮޅީގެ ތަފާތުކަމެއް ހުރުމުންކަން ދިރާސާތަކުން ދައްކައެވެ. ކާފޫރުތޮޅި ހަލާކުނުވެ 3 ނުވަތަ 4 އަހަރު ހުންނަކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ކާފޫރުތޮޅީގެ ވަހަށް ބަދަލުއައިސްފައިވާނަމަ ދުވަސްވެފައި ހުންނަ ތޮޅިކަން ދެނެގަނެވޭނެއެވެ.

ކާފޫރުތޮޅި އާންމުކޮށް ހެދޭ ޤައުމުތަކުގެ ތެރޭގައި އިންޑިއާ އަދި ސްރީލަންކާގެ އިތުރުން ގުއަންޓެމާލާ ހިމެނެއެވެ. ކާފޫރުތޮޅީގައި ފޮނި ނުވަތަ އާވި ރަހައެއް ހުންނައިރު ތޮޅިއަކީ ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކުރެވޭ އެއްޗެކެވެ. ދިވެހިން ކާފޫރުތޮޅި ބޭނުންކުރާ ކަންކަމަށް ބަލާއިރު، ހަވާދު ހެދުމާއި ބޭސްވެރިކަމުގެ އިތުރަށް ދުފުމަށް ވެސް ބޭނުންކުރެއެވެ. ބޭރު ޤައުމުތަކުގައި ކާފޫރު ތޮޅި ބޭނުންކުރަނީ ބޭސްވެރިކަމަށާއި، ކެއްކުމަށްކަން ފާހަގަކޮށްލެވެއެވެ. ކެއްކުމަށް ކާފޫރުތޮޅި ބޭނުންކުރެވޭ ގޮތްތަކަށް ބަލާއިރު، ބައެއް އެއްޗެހި ތައްޔާރުކުރުމަށް ކާފޫރުތޮޅި އޮތްގޮތަށް ބޭނުން ކުރެވެއެވެ. އަދި ބައެއް ކާނާ ތައްޔާރުކުރުމަށް ކާފޫރުތޮޅީގެ އޮށް އެކަނި ބޭނުންކުރެވެއެވެ.

Advertisement
ކާފޫރުތޮޅި ގަސް

ދިރާސާތަކުން ދައްކާގޮތުގައި ކާފޫރުތޮޅިން އެއްވެސް ގެއްލުމެއް އިންސާނާގެ ހަށިގަނޑަށް ނުލިބެއެވެ. އަދި ވަރަށް ގިނަ ފައިދާ އިންސާނާގެ ހަށިގަނޑަށް ލިބޭކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ހަމުގެ ފަރުވާތަކުގެތެރޭގައި އެންޓި އެޖިންގއަށް ކާފޫރުތޮޅި ބޭނުންކުރެވެއެވެ. އިސްތަށިގަނޑު ވަރުގަދަކުރުމަށާއި، ދިގުކުރުމަށް ތޮޅިހިމެނޭ ބާވަތްތައް ބޭނުންކުރެވެއެވެ. ބަރުދަން ލުއިކުރުމަށާއި، ދިފާއީ ނިޒާމް ވަރުގަދަކުރުމަށް ދުވަހުގެ ކާނާގައި ކާފޫރުތޮޅި ބޭނުން ކުރެވިދާނެއެވެ. ކޮލެސްޓްރޯލް ދަށްކުރުމަށާއި ހަކުރުބަލި ހުންނަ މީހުންނަށްވެސް ކާފޫރުތޮޅި ބޭނުންކުރެވެއެވެ.

+1
0
+1
5
+1
0
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް