November 22, 2024 19:54
Advertisement

-Advertisement-

ކުދި ވިޔަފާރިތައް ހުއްޓުމަކަށް، އެހީތެރިކަން ފޯރުކޮށްދީ!

ވެރިރަށް މާލެއަކީ ޒަމާނުއްސުރެ ތަފާތު ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންގެ މައިރަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެބޮޑު އަސަރެއްކުރި އެއްބަޔަކީ ވިޔަފާރިވެރިންނެވެ. މި ބަލިމަޑުކަމުގައި 2ވަނަ އަހަރެއް ގުނަމުންދާއިރު، ބޮޑުކުލި ދައްކައިގެން މާލޭގައި ހިންގަމުންދިޔަ ބައެއް ފިހާރަތައް މިހާރުވަނީ ބަންދުކުރަން ފަށައިފައެވެ.

މާލޭގައި ގަސްވިއްކާ ބޮޑު ފިހާރައަކާއި އިތުރު ފިހާރައެއް ހިންގަމުންދާ މީހަކު ބުނީ އެ 2 ފިހާރަވެސް މިމަހުގެ ނިޔަލަށް ބަންދުކުރަން ނިންމާފައިވާކަމަށެވެ. ފުރަބަންދުގެ ސަބަބުން ވިޔަފާރި ކުރިއަށް ނުގެންދެވި ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

" ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އާންމުކޮށް މީހުންނަށް ނުނުކުމެވޭ ގޮތަށް އޮތުމުން ވިޔަފާރި ވަރަށްދަށްކޮށް އުޅެނީ. އަދި ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅަންނިންމި އިތުރު ފިޔަވަޅުތަކުން ކުރިއަށްއޮތްތާގައި ލިބޭނެ ގެއްލުން ބޮޑުވާނެ. އަޅުގަނޑުމެންޖެހޭ މުވައްޒަފުންނަށް މުސާރަދޭން. ފިހާރައިގެ ކުލި ދައްކަން. ހިންގުމުގެ ހަރަދު ކުރަންޖެހޭ. މިވަރުން ކިހިނެއް ފިހާރަ ހުޅުވައިގެން އުޅޭނީ. މިދިޔަމަހު އެކަނިވެސް އެއްލައްކައަށްވުރެ ގިނަރުފިޔާ ގެއްލުންވި. މުވައްޒަފުންވެސް މަދުކުރުން ނޫންގޮތެއް ނެތިގެން މުވައްޒަފުން މަދުކޮށްފިން" ނަން ނުޖަހާގޮތަށް ޒީޓައިމްސް އާއި ވާހަކަ ދެއްކި އެމީހާ ބުންޏެވެ.

އަދި މާލޭގައި ތަފާތު އެކި ވިޔަފާރިތައްހިންގާ މީހަކު ބުނެފައިވަނީ އެމީހުން މިހާލަތުގައިވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާކަމަށެވެ. އެހެންނަމަވެސް އެގޮތަށް ކުރިއަށް ގެންދެވޭނީ ކިހާދުވަހަކައްތޯ ވަނީ ސުވާލު އުފައްދާފައެވެ. އަދި ކޮވިޑާއިގުޅިގެން ކުރީސަފުގައި މަސައްކަތްކުރާ އެންމެންނަށް މުސާރައިގެ އިތުރަށް އެދޭ ބޮޑު އެލަވަންސްގެ ބަދަލުގައި އެ ރުފިޔާ ހާލުގައިޖެހިފައި ތިބި މީހުންނަށް ފައިދާހުރި ގޮތަކަށް ބޭނުންކުރެވިދާނެ ކަމަށް ބުންޏެވެ. އަދި ފްރޮންޓްލައިން މުވައްޒަފުން ތިބުމަށް ކަމަށް ބުނެ، ސަރުކާރާއި ގުޅުންހުރި ހުރިހާ ދިމާލަކުން ގެސްޓްހައުސްތައް ކުއްޔަށް ހިފައިފައިވާކަމަށާއި، އެކުރާ ޚަރަދުގެ ބަދަލުގައި ވަޒީފާތައް ނުގެއްލިވޭތޯ އެހީތެރިވެދިނުން މުހިންމު ކަމަށް ވަނީ ފާހަގަކޮށްފައެވެ.

Advertisement

" ކޮވިޑްގެ ހާލަތު މެނޭޖުކުރުމަށް ވަކިކުރެވުނު މޮޅުކަމަކީ ކޮބާ؟ ޕްރޮފެޝަނަލީ މޮޅުކަމެއްކޮށްގެން ވީއެއްކަމެއްވެސް ނެތް. ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމަށް ސަރުކާރަށް ވަގުތުލިބުނު. މިބަލި ރާއްޖެއައުމުގެ ކުރިން ތައްޔާރުވާން ފަށައިފި. ބަލިއައިތާ 2 ވަނަ އަހަރު ފާއިތުވެގެން މިދަނީ. ހިންގަމުންއައި އެންމެބޮޑު އެއް ރެސްޓޯރެންޓް ވެސް ބަންދުކޮށްގެން މިތިބެނީ. ހިންގުމުގެ ޚަރަދު ހަމަނުޖެއްސޭ ޑެލިވަރީއިން އެލިބޭ އެއްޗަކުން. އެއަށްވުރެ ރަނގަޅު ސްޓާފުން ގޭގައި ބޭތިއްބިއަސް" ކަންބޮޑުވުމާއިއެކު ނަންނުޖަހާ ގޮތަށް ވާހަކަދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.

'ޒީޓައިމްސް' އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިޤްތިސާދު ދިރާސާ ކުރައްވާ މިދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިދުރީސް އިސްމާޢީލް ވިދާޅުވީ މިކަހަލަ ވަގުތުތަކުގައި ޚާއްސަކޮށް ކުދި ވިޔަފާރިތަކަށް މިލިބޭ ގެއްލުން ފޫބެއްދުމަށް އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.

އިދުރީސް އިސްމާޢީލް

" ލޮކްޑައުންއަކަށް ދިޔަސް ކިހާ މުއްދަތަކަށް ކަމެއް ނޭނގޭ ދާނީ. ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް. ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިން ގޮތަށް ވިޔަފާރިހިންގާ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ" އިދުރީސް ވިދާޅުވިއެވެ.

ދެންއޮތް ކަންބޮޑުވުމަކީ ގިނަ ވިޔަފާރިތަކެއް ބަންދުވެ، ވިޔަފާރީގައި އެއޮންނަ ވާދަވެރިކަން ކުޑަވެ، ތަކެތީގެ އަގުބޮޑުވެ ވިޔަފާރިވެރިން ވިއްކާ އަގެއްގައި އެއްޗެހި ގަންނަން ޖެހިދާނެކަމުގެ ބިރެވެ. މިކަމާއިގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން އިދުރީސް ވިދާޅުވީ ވިޔަފާރިވެރިންނަށް ކުރެވެން އޮތް ކަމަކީ މީހުންގެ ވަޒީފާތައް ނުގެއްލި ވިޔަފާރި ނުހުއްޓި ކުރިއަށްގެންދެވޭނެ ގޮތަކީ ކޮންގޮތެއްތޯ ބަލައި އެގޮތަކަށް މަސައްކަތްކުރުން ކަމަށެވެ.

" އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދީ ވިޔަފާރިވެރިންވެސް އެގޮތަށް ވިޔަފާރި ކުރުމަށް އިސްކަން ދެވިދާނެ. ސަރުކާރުގެ އެހީތެރިކަމާއިއެކު ވިޔަފާރިތައް ނުހުއްޓި ކުރިއަށްގެންދެވޭނެ ގޮތަކީ ކޮބައިތޯ ބަލައި އެހީތެރިކަން ފޯރުކޮށްދިނުން އެއީ އިޤްތިސާދަށް އެންމެ ރަނގަޅުގޮތްކަމަށް ވާނީ"

އަދި ލޯނުދޭނެ ބަލާއިރު، ކޮވިޑްގެ ހާލަތުން އަރައިގަނެވޭނެ ދުވަހެއް ނުފެންނަކަމަށް އިދުރީސް ފާހަގަކުރެއްވިއެވެ.

ވިޔަފާރިތައް ބަންދުކުރާނަމަ ވަޒީފާތައް ގެއްލި އިތުރުބަޔަކު ހާލުގައި ޖެހުން އެކަށީގެންވެއެވެ. އަދި އިޤްތިސާދަށް ފޫނުބެއްދޭނެ ގެއްލުމެއް ލިބިގެންދާއިރު މިގެއްލުން ކުޑަކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅެއް އެޅުން މުހިންމެވެ.

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް