November 26, 2024 10:44
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: އިބްޒާ އަށް ފަޅޯ މީރުވިގޮތް!

އިބްޒާއު އަށް އެންމެންވެސް ކިޔަނީ އިބްޒާއެވެ. ސްކޫލް ނިމިގެން މަންމައާއި އެއްކޮށް ގެއަށް އައިއިރު އިބްޒާގެ ކޮއްކޮ އިނީ ބައްޕަ އާއި އެއްކޮށް ފަޅޯ ކާށެވެ. އިބްޒާ ފެނުމުން ބައްޕަ އަލީ ގޮވާލިއެވެ.

އަލީ: ދަރިފުޅާ އިބްޒާ އާދޭ ފަޅޯ ކާން. މިހިރީ މިގޭ ގަހުގެ ފަޅޮލޭ. މީ ހާދަހާ މީރު ފަޅޮލެކޭ.

ފަޅޮލަކީ އިބްޒާ އަށް މީރު އެއްޗެއް ނޫނެވެ. އެހެންވެ ބުންޏެވެ.

Advertisement

އިބްޒާ: ބައްޕާ، އިބްޒާ އަށް ފަޅޯ މީރެއް ނޫން.

އަލީ: އެކަމަކު ފަޅޮލަކީ ހާދަހާ ފައިދާ ހުރި މޭވާއެކޭ. ކޮންމެ އެއްޗެއްވެސް މަދު މަދުން ކާންފެށީމަ އާދަވެ މީރުވާނެ.

ބައްޕަ އެހެން ބުނުމުން އެއްޗެކޭ ނުބުނެ އިބްޒާ އެއްޗެހި ބަދަލުކުރަން ހިނގައްޖެއެވެ.

ހަވީރު އިބްޒާ އާއި ކޮއްކޮ އެކީގައި ކުޅެން ދޮރުމަތީގައި ހުރި ފަޅޯގަސް ކައިރީގައި އުޅެނިކޮށް ކުއްލިއަކަށް އިބްޒާގެ ބޮލަށް އެއްޗެއް އެޅުނުހެން ހީވެގެން ބޮލުގައި އަތް ޖައްސާލިއިރު އަތްލެވުނީ ވާލުގެ ހަތްޕުނޑު ގަނޑެއްގައެވެ.

އިބްޒާ ފަޅޯ ގަހާއި ދިމާއަށް ބަލާލިއިރު ވާލެއް ޖެއްސުން ކުރާ ފާޑަކަށް ހެވިލާފައި އިބްޒާ އާއި ދިމާއަށް ބަލަންއޮތެވެ. އިބްޒާ ރުޅިއައިސްފައި ވާލާއި ދިމާލަށް ބުންޏެވެ.

އިބްޒާ: ކީވެގެންތަ! ބޮލަށް ހަތްޕުނޑު ޖަހަނީ!

ވާ: އަހަރެންނަށް ބޮޑު ފަޅޮލެއް ކާލެވުނީމަ މާބޮޑަށް ބަނޑު ބޮޑުވެގެން ބަނޑަށް އުނދަގޫވާތީ ބަނޑު ސާފުކޮށްލީ!

އިބްޒާ: ނުބަލާތަ! އެކަންކުރަނީ؟

ވާ: އެއީ އެހާވަރު ކަމެއްތަ! ބޯ ދޮވެލަންވީނު.

އިބްޒާ: ކީކޭ! އެހާވަރުގެ ކަމެއްހޭ! އެނގިދާނެތާ! ދެން މި ފަޅޯގަހުން ފަޅޮލެއް ވާލަށް ލިބޭތޯ!

ވާ: އިބްޒާ ނުކަމެއްނު. ފަޅޯ!

އިބްޒާ: ވާލާ! މާގިނަ ވާހަކަ ދައްކާނެކަމެއްނެތް. ހަމަ މިހާރު ދުރަށްދޭ! މި ގަހުން އުދުއްސައިގަނޭ!

ވާ: އަހަރެންވާ އުދުއްސައި ގަންނާނަން. އެކަމަކު އިބްޒާ ބޮލުގައި ހަތްޕުނޑު ނެތްކަމަކަށް ނުވާނެއެއްނު.

ވާ އެހެން ބުނުމުން އިބްޒާ ދަނޑިގަޑެއް ނަގާފައި ވާ ފައްސާ ލައިފިއެވެ.

އޭގެފަހުން ފަޅޮލެއް ކިރިޔާ ވެސް ހަރުވޭތޯ ބަލާފައި ރަނގަޅަށް ދޮން ނުވަނީސް އިބްޒާ އެގޭ މީހުންކައިރީގައި ބުނެގެން ބިނދެލާފައި ދޮން ކުރަން ބާއްވައެވެ.

މީހުންނަށް ޖެއްސުން ކުރާ ވާލަކަށް ދޭން ފަޅޯބާއްވާކަށް އިބްޒާ ބޭނުމެއްނޫނެވެ.

އަބަދު ފަޅޯފެންނަން ފެށީމައި އިބްޒާ ވެސް ކުޑަކޮށް ފަޅޯ ކާހިތް ވެއްޖެއެވެ.

އެހެންވެ މަދުމަދުން ކާން ފަށައިފިއެވެ. ކާން ފެށުމުން އިބްޒާ އަށް ފަޅޯ މީރު ވެއްޖެއެވެ.

+1
0
+1
2
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް