September 20, 2024 10:44
Advertisement

-Advertisement-

މާތްﷲ އަށް ވަކީލުކުރާ މީހަކު ރަމަލުޖެހުމާއި ފާލުބެލުންފަދަ ޝިރުކުގެ އަމަލުތަކުން ދުރުވާނެ!

ހައްޤުގޮތުގައި މާތްﷲ އަށް ވަކީލުކުރާ މީހަކު ރަމަލުޖެހުމާއި، ފާލުބެލުމާއި، އަތްބެލުމާއި ތަވީދު އެޅުން ފަދަ ޝިރުކުގެ ޢަމަލުތަކުން ދުރުވެ އެއްކިބާވާނެއެވެ. އަދި ﷲ ތަޢާލާ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑިން ޤަބޫލުކުރާނެއެވެ. ކަންކަމާ ގުޅުވާ ނަމަ ނަމަ އެއް ނުކިޔާނެއެވެ.

" ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވާފައިވާ ކަމެއް މެނުވީ އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާންގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާންގެއެވެ. ފަހެ މުއުމިނުން ހަމައެކަނި ﷲ އަށް ވަކީލު ކުރާ ހުށިކަމެވެ" މާތްﷲ ވަޙީކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ.

މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އޭނާގެ މަދަދުގާރަކީ ގަދަކީރިތި ވަންތަ ﷲ ތަޢާލާއެވެ. އެހެންކަމުން އޭނާއާމެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި މިދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފިނަމަ، އޭނާއަށް އެކަލާންގެ ފުދިގެންވެއެވެ.

Advertisement

އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ސަބަބުތަކުގައި ހިފައިގެން، ﷲ އަށް ބަރޯސާވުމެވެ. މިއަދު މެދުވެރިވެފައިވާ ކޮވިޑް19 ގެ ހާލަތުން އަރައިގަނެވެން އޮތީ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޙްތިރާމް ކޮށްގެންނެވެ. އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި މާސްކު އެޅުން ފަދަ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރުމާއެކު ﷲ އަށް ވަކީލުކޮށްގެންނެވެ. އަދި މިނުރައްކާތެރި ވަބާއިން ސަލާމަތްކޮށްދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވައިގެންނެވެ.

ފަހެ ފާފައެއް ނުވަތަ ރަހިމުގެ ގުޅުން ކަނޑާލުމެއް ނުވާ ކަމަކަށް މުސްލިމަކު ދުޢާކޮށްފިނަމަ، އެ ދުޢާގެ ސަބަބުން ތިންކަމަކުން ކުރެ ކަމެއް، ﷲ ތަޢާލާ އެމީހަކަށް ދެއްވާނެކަން ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސައްހަ ޙަދީޘުން ވާރިދުވެފައިވެއެވެ.

" އެއްކަމަކީ އެމީހެއްގެ ދުޢާ ދުނިޔެމަތީގައި އިޖާބަކޮށްދެއްވުމެވެ. ނުވަތަ އާޚިރަތް ދުވަހުގައި އެދުޢާގެ ހެޔޮ ޖަޒާ ދެއްވުމަށްޓަކައި އޭނާއަށް ރައްކާ ކޮށްދެއްވުމެވެ. ނުވަތަ އެ ދުޢާ ކުރި ކަމަކާ އެއްވަރު ނުބައި ކަންތައްތަކުގެ ތެރެއިން ކަމެއް އޭނާގެ ކިބައިން ފިއްލަވައި ދެއްވުމެވެ.

އިންސާނާ އަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ގިނަކަމާއި، ސިއްރާއި ފައުޅުގައި އޭނާއަށް ލައްވާ ރަހުމަތުގެ ބޮޑުކަމުން އެކަން ބަލައި ޙިސާބު ކުރުމަކީ އިންސާނަކަށް ކުޅަދާނަކަމެއް ނޫނެވެ. މައިމީހާ، އޭނާގެ ތުއްތު ދަރިފުޅަށް ރަހުމްކުރާވަރަށް ވުރެ މާބޮޑަށް ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންގެ މައްޗަށް އޯގާތެރިވެ ވޮޑިގެންވެއެވެ. ކުރިމަތިވެފައިވާ މި މުސީބާތުގެ ވަގުތުގައި ކެތްތެރިވާށެވެ.

 

މަޢުލޫމާތު: ހުކުރު ޚުތުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް