November 22, 2024 13:20
Advertisement

-Advertisement-

އަހްމަދު މުޖާހިދު

މުޖާހިދު: ތަޢުލީމީ ދާއިރާގައި ކާމިޔާބު ހޯދީ ކިހިނެއް؟

އަހްމަދު މުޖާހިދު އަކީ ސްކޫލްގައި ކިޔެވި ދުވަސްވަރުވެސް ފާހަގަކުރެވޭ ދަރިވަރެކެވެ. އެންމެފުރަތަމަ ތަޢުލީމް ހާސިލްކުރެއްވީ އުފަން ރަށް ދާންދޫ ސްކޫލްއިންނެވެ. 2003ވަނަ އަހަރު އީޕީއެސް ސްކޫލުގެ ކެޕްޓަންގެ މަޤާމް އަދާކުރެއްވި މުޖާހިދު ވަނީ އެ ސްކޫލުގެ އަދަބީ ތަރީގެ އިތުރުން ބެސްޓް އޯލްރައުންޑްގެ މަޤާމަށްވެސް ހޮވިފައެވެ.

ކިޔަވައިދިނުމުގެ ދާއިރާއިން ފިޒިކްސް އާއި މެތެމެޓިކްސް އިން ފުރަތަމަ ޑިގްރީ ނިންމަވާ، ތަޢުލީމީ ދާއިރާއިން ވަނީ މާސްޓަރސް ޑިގްރީވެސް ފުރިހަމަ ކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގައި ވަޒީފާގެ ފެށުން

Advertisement

އެންމެފުރަތަމަ ވަޒީފާ އަދާކުރެއްވީ ދާންދޫ ސްކޫލުގައި ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި 2007ވަނަ އަހަރުގައެވެ. އެއަށްފަހު އިސްކަންދަރު ސްކޫލުގައި ފުރަތަމަ މަސައްކަތްކުރެއްވީ 2011ވަނަ އަހަރުގައި ފިޒިކްސް އަދި މެތެމެޓިކްސް ޓީޗަރަކަށެވެ. އެއަށްފަހު ލީޑިންގ ޓީޗަރަކަށް އަދި ފަހުން ވަނީ 2 އަހަރު ދުވަހު އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަޤާމްވެސް އަދާކުރައްވާފައެވެ.

އުމުރުން 31 އަހަރުގައި އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމަށް

މުޖާހިދު ފާހަގަވެގެން ގޮސްފައިވަނީ އިސްކަންދަރު ސްކޫލުގައި މަސައްކަތް ކުރެއްވިއިރުވެސް ސްކޫލްގެ ފެންވަރު ރަނގަޅުކުރުމަށް ހިތްވަރާއިއެކު މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމް ލިބިވަޑައިގެންނެވިއެވެ. އެހާ ޅައުމުރެއްގައި ޕްރިންސިޕަލްގެ މަޤާމް ލިބިވަޑައިގެންނެވުމުގެ ސިއްރަކީ ކޮބައިތޯ ދެންނެވުމުން ވިދާޅުވީ ފަރުވާތެރިކަމާއިއެކު މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސަޢީދު މުޙައްމަދު އާއި އެކު

"ވަޒީފާ އަދާކުރާއިރު ބަލަންވާނީ އެތަނެއްގައި ހުރި އެންމެ ރަނގަޅަށް މަސައްކަތްކުރާ މީހަކީ ތިމަންނަ ކަމަށް ވޭތޯ. އެންމެ މުހިންމީ ޕޮޒިޓިވް އެޓިޓިއުޑެއްގައި މަސައްކަތްކުރުން. އެއިރުން ވަރަށް ފަސޭހައިން ކާމިޔާބު ލިބޭނެ. ނަމޫނާ މީހަކަށް ވާންވާނެ. ވަގުތަށް ކަމޭހިތުން ކަމުގައިވިއަސް. ކޮންމެ މީހަކާއި އެކުގައިވެސް ގުޅިގެން މަސައްކަތްކުރެވޭ މީހަކަށް ވާންވާނެ" މުޖާހިދު ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލްގައި މުޖާހިދު އެންމެބޮޑަށް މަސައްކަތްކުރެއްވީ ކުދިންނާއި ޓީޗަރުން ހިތްހަމަޖެހޭ މާހައުލެއްގައި ރަނގަޅު ތަޢުލީމެއް ދެވޭނެ ސްކޫލަކަށް ހެދުމަށެވެ.

" އެކަޑަމިކަލީ ވަރުގަދަ ސްކޫލަކަށް ހެދުމަށް މަސައްކަތްކުރެވުނު. ސުޕަވިޝަން ވަރުގަދަކޮށް ކުދިންނަށް ހިތްގައިމު ތަނަކަށް ހެދުމަށް މަސައްކަތްކުރެވުނު. އަދި ސްކޫލުގެ ގްރޭޑު 1ގެ ދަރިވަރުންނަށް ބޭންޑެއްވެސް ހެދުނު"

މުޖާހިދުގެ ހިންގުންތެރިކަމާއި ގުޅޭގޮތުން އިމާދުއްދީން ސްކޫލުގެ ޓީޗަރެއްގެ އިތުރުން، ސްކޫލްދުވަސްވަރުގައި މުޖާހިދު އަށް ކިޔަވައިދެއްވި އަލީ މޫސާ ދެކެވަޑައިގަންނަވާ ގޮތްވެސް ބަލާލީމެވެ.

" މުޖާހިދަކީ ވަރަށް ރަނގަޅު ވެރިއެއް. ހުރިހާ މުވައްޒަފުންނާއި އެހާ ގާތްގުޅުމެއް އޮންނަ ވަރަށް އިޚްލާސްތެރިކަމާއިއެކު މަސައްކަތްކުރެއްވި ހިތްވަރުގަދަ ފަހުލަވާނެއް. އިމާދުއްދީން ސްކޫލް ދޫކޮށްފަ މުޖާހިދު ދިޔުމުން މުވައްޒަފުން އެކަމާ ހިތާމަވެސް ކުރި. ޚުލްޤުހެޔޮ އިޚްލާސްތެރި ދަރިވަރެއް އެއީ" އަލީ މޫސާ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި އެކު މުޖާހިދު

ޑެޕިއުޓީ މިނިސްޓަރެއް

ސިވިލް ސަރވިސް ގައި ވަޒީފާ އަދާކުރެއްވިއިރު އެއްވެސް ވަރަކަށް ސިޔާސީނުވެ އަބަދުވެސް ބެއްލެވީ ވަޒީފާގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިތުބާރު ނުގެއްލޭގޮތަށް ކުރެވޭތޯ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މުޖާހިދަކީ އެމްޑީޕީގެ މެންބަރެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމް އަދާކުރެއްވުމަށްފަހު މިހާރު އަދާކުރައްވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމެވެ.

" ޝައުގުވެރިކަން ހުރޭ އަބަދުވެސް. އެހެންހުއްޓާ ލިބުނު ފުރުސަތެއް މިއީ. އަބަދުވެސް އެއް ސްޓޭޖްއިން އަނެއް ސްޓޭޖަށް ދެވޭތޯ މަސައްކަތްކުރަން. އެޑިޔުކޭޝަންގައި މަސައްކަތް ކުރާހިތުން އަމިއްލައަށް ރިކުއެސްޓް ކޮށްގެން އެޑިޔުކޭޝަނަށް ބަދަލުވީ" މުޖާހިދު ވިދާޅުވިއެވެ.

ބަހުސް މުބާރާތްތަކުން މިހާރުވެސް މުޖާހިދު ދަނީ ފެންނަމުން

ފާހަގަކޮށްލެވޭ ޕްރެޒެންޓަރެއް

ސްކޫލް ދުވަސްވަރުގައިވެސް އަދަބީ ހަރަކާތްތަކުން ފާހަގަކޮށްލެވުނު ޚާއްސަކޮށް ބަހުސް މުބާރާތްތަކުގައި ވިދާލި މުޖާހިދު އެންމެ ފުރަތަމަ ޓީވީ ޕްރޮގްރާމެއް ހުށަހެޅުއްވީ ސްކޫލުގައި ތަޢުލީމް ހާސިލްކުރެއްވިއިރު 2002ވަނަ އަހަރުގައެވެ. އެފަހުން ޓީވީއެމް އިން ހުޅުވާލި ފުރުސަތެއްގައި 2008ވަނަ އަހަރު ޕްރެޒެންޓިންގ ކޯހެއް ފުރިހަމަކުރެއްވިއެވެ.

" އެ ކޯސް ފުރިހަމަކުރި މީހުންގެތެރެއިން ފާހަގަކުރެވުނު މީހުންނަށް ޓީވީއެމްއިން ފުރުސަތު ލިބުނު. އެލިބުނު ފުރުސަތުގައި ފުރަތަމަ ހުށަހެޅީ 2008ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ނިންމުން 2008 ޕްރޮގްރާމް. އޭގެ ފަހުން މިއަދާއި ހަމައަށް އަބަދުވެސް ޕްރޮގްރާމް ހުށަހަޅަމުން މިއަންނަނީ"

ތަފާތު އެކި އެކި މުނާސަބަތުތަކާއި ގުޅުވައިގެން ޓީވީއެމް އިން ކުރިއަށްގެންދިޔަ ގިނަ ޕްރޮގްރާމްތަކެއް ވެސް ހުށަހަޅުއްވައިފައިވާ މުޖާހިދު މިހާރު ހުށަހަޅުއްވަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ޓީވީއެމް ގުޅިގެން ކުރިއަށްގެންދާ ދިލާސާ ޕްރޮގްރާމެވެ.

މަންމައާއި ބައްޕައާއި އެކު މުޖާހިދު

އަމިއްލަ ދިރިއުޅުން

ގއ. ދާންދޫ ފާތިމަތު އަލީ އާއި އެއަތޮޅު ކޮނޑޭ އަލްމަރުހޫމް މުހައްމަދު އިބްރާހީމް ދީދީ (ކުރީގެ ގާޒީ)ގެ މުޖާހިދު ޅައުމުރު ހޭދަކުރެއްވީ އުފަންރަށް ދާންދޫގައެވެ. އަނބިކަނބަލުން އާއިޝަތު މުހައްމަދާއި މުޖާހިދުގެ ދެކުދިން އެބަތިއްބެވެ.

ދެކުދިންނާއި އަނބިކަނބަލުންނާއި އެކު މުޖާހިދު

އިންޓަވިއު ނިންމަވާލައްވަމުން ވަނީ މާމައާއި ކާފައާއި ދައްތައަށްވެސް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ކުޑައިރު ހޭދަކުރެއްވީ މާމަ އާއި ކާފައާއި އެކުގައެވެ. އަދި މަންމަ އާއި ބައްޕަގެ އިތުރުން އަބިކަނބަލުންނާއި ޢާއިލާއަށް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ވަޒީފާގެ މާހައުލުގައި ވެދެއްވި އެހީތެރިކަމަށް އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސަޢީދު މުޙައްމަދުގެ ނަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރެއްވިއެވެ. އަދި އިކޮނޮމިކް މިނިސްޓަރާއި އެޑިޔުކޭޝަން މިނިސްޓަރުގެ ނަން ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.

+1
1
+1
47
+1
5
+1
4
+1
4
+1
1
+1
1

Advertisement

ޖުމްލަ 5 ކިޔުންތެރިންގެ ހިޔާލު

    1. ކިހާވަރަކަށް މުޖާހިދު އެނގިވަޑައިގެން ހުރެ ދިން ކޮމެންޓެެއްބާއޭ ހިތަށްއަރާ. މުޖާހިދު އަކީ ހިންގުންތެރި ގާބިލް ޒުވާނެއް. މާތްﷲ ތިބާއަށް ހެޔޮމަގު ދައްކަވާށި!

      10
  1. މުޖާހިދު ތިއީ ހުރިހާކަމެއް ގައިވެސް މިދިވެހި ފަސްގަނޑުގައި ނަމޫނާ ދަރިއެއް މުޖާހިދު އަށް އަބަވެސް ކާމިޔާބީއަށް އެދެން

    11
    4
  2. މުޖާހިދަކި ކެރޭ ހިތްވަރުގަދަ މުރާލި ދަރިޔެއް. އަދި ކިރިޔާ ފީލްޑަށް ތިޔަދެވުނި … ނިކަން ރަނގަޅު ޖީލެއް ބިނާކޮށްދެއްވައްޗޭ…އަންހެނުންނާއިއެކު ރީތިކޮށް ބަސްއަހައިހެން އުޅޭތި. ޝުކުރިއްޔާ.

  3. މުޖާހިދުއަކީ ވަރަށް މޮޅު ޅެންވެރިއެއް ކީންވެބާ އެވާހަ ނުހިމެނީ އުމުރުން 16 އަހަރުގައި ގައުމީ ޅެން ހެދުމުގެ މުބަރާތުން ހެދި ޅެމަށް ޅެންވެރި ކަމުގެ ގޮތުން ވަނަ ލިބުނު އީ ޕީ އެސް މުސްތަފާ އެދުވަހު އެސަންބްލީގަޑީގައި ވިދާޅުވީ މުޖާހިދުގެ ނަންރަން އަކުރުން ލިޔަން ޖެހޭނެ ކަމަށް އަޅުގަނޑު އެދުވަހު އެތާގަހުރިން

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް