September 20, 2024 09:13
Advertisement

-Advertisement-

ހާދިސާ: މިގް-33 އިން ދިމާވި އަންހެން ކުއްޖާ

ފަރުހާދު އާއި ނަބީލަކީ އެއް އޮފީހެއްގައި މަސައްކަތް ކުރަމުންދިއަ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އާއިލީ މައްސަލައެއް ދިމާވިއަސް ގާތް ރައްޓެއްސެއްގެ ހައިސިއްޔަތުން ދެމީހުން މަޝްވަރާކޮށް ރަނގަޅުގޮތްތައް ނިންމަމުން ދިއައެވެ. މި ކަމުންވެސް މި ދެމީހުންގެ ގާތް ރަހްމަތްތެރިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޯބައިލްފޯނު ތައާރަފްވެގެން އައި ދުވަސްވަރު ކަމުން މި ދެމީހުންވެސް މޯބައިލްފޯނު ގެންގުޅުނެވެ.

އެއިރަކީ މިހާރު ހުންނަހެން މާގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ބޭނުންކުރަމުންދިޔަ ޒަމާނަކަށް ނުވާތީ އެއިރު ތައާރަފުވެގެންއައީ މިގް-33 ނަމަކަށްކިޔާ ޗެޓް ކުރެވޭ ޕްލެޓްފޯމެކެވެ. މި ދެމީހުންވެސް މިގުގައި ރަޖިސްޓްރީވެ ދިމާވާ އެކިއެކި މީހުންނާ ވާހަކަ ދައްކަމުން ދިއައެވެ. ދެމީހުންވެސް މި ފޯނެއް ގަތް ފަހުން ކުރިން އޮންނަހާ ގާތް ގުޅުމެއް އޮންނަ ތަނެއް ނުއެއް ފެނެއެވެ. ހުސްވަގުތުކޮޅެއް ލިބޭއިރަށް ބަލަނީ އަބަދުވެސް މިގުން ކޮންމެވެސް މީހަކާއި ޗެޓް ކުރެވޭތޯއެވެ.

ފަރުހާދަށް މިކަން ބޮޑުވެގެން އަންހެނެއްގެ ނަމުގައި އެކައުންޓެއް ހެދުމަށްފަހު ނަބީލުއާއި ވާހަކަދައްކަން ފެށިއެވެ. ނަބީލަކީ އަން ކިޔައިފިއްޔާ އަންނާރެއްވެސް ކަމުދާމީހެކެވެ. މިކަމުގެ ފައިދާނަގާ ފަރުހާދު އަންހެން ކުއްޖެއްގެ ނަމުގައި ހަދާފައިވާ އެކައުންޓުން ނަބީލުއާއި ވާހަކަދައްކަމުން ދިއައެވެ. ދެމީހުން އެކީގައި ކޮފީއަށް ދިޔަސް ތިބެނީ ފޯނާކުޅޭށެވެ. މިހެން ދުވަސްތައް މާޒީވަމުންގޮސް ނަބީލު ރަނގަޅަށް މީނަގެ މަޅީގައި ޖެހިއްޖެއެވެ. ނުފެނި ޗެޓްކުރެވޭ އަންހެންކުއްޖާގެ މަޅީގައިޖެހި ޚަރަދުކުރަން ފެށިއެވެ. ނަމަވެސް އަހަރެއް ފާއިތުވެގެންދިޔައިރުވެސް ރައްޓެހިވެގެންއުޅޭ ކުއްޖާއާއި ދިމާވެފައެއް ނުވެއެވެ.

Advertisement

މިކަމާ ސީރިއަސްވެ ނަބީލުގެ ދިރިއުޅުން ބަދަލުވާން ފެށިއެވެ. ފަރުހާދުގެ ހިތަށް ކެތްނުކުރެވިގެން ނަބީލު ގާތުގައި މި ވާހަކަ ކިޔައިދިނެވެ. ހަގީގަތް އެގުމުން ނަބީލު ވަރަށް ދެރަވިއެވެ. އޭގެ ފަހުން ނަބީލަކީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ވާހަކަ ދެއްކެނީ ކޮންބަޔަކާކަން އެނގިގެން ވާހަކަ ދައްކާ މީހެކެވެ.

އިބުރަތް: ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުމުގައި ފަރުވާތެރިވުމާއި ދަރިންނަށް މަޢުލޫމާތުދީ އަހުލުވެރި ކުރުވުން.

+1
2
+1
7
+1
4
+1
46
+1
2
+1
2
+1
2

Advertisement

ގުޅުންހުރި ލިޔުންތައް