އެއްދުވަހަކު ހަވީރު ހައްވަ އަސުރު ނަމާދުކޮށް ނިމިގެން ކޮޓަރިން ނިކުތްވަގުތެވެ. މާމަ ދަރިފުޅު އޭނަގެ މަންމަ ކައިރީގައި ކޮންމެވެސްކަމަކާ ޝަކުވާ ކުރަންއިންދާ ހައްވަ އަހާލިއެވެ.
ހައްވަ: ދަރިފުޅާ ކުޑަމީހާ ބޮޑާހާކަނީ ކޮންކަމަކާ؟
ހައްވަގެ ދަރިފުޅު: ސަބްމެރިން އެއް ނުލިބިގެން. މިތާކާރިއަކުންވެސް ނުލިބުނު ސަބްމެރިން އެއް
ހައްވަ އޭނާގެ މާމަ ދަރިފުޅަށް ބަލާލަމުން ބުނެލިއެވެ.
ދަރިފުޅާ މާމައަށް އެނގެއޭ ތި ސަބްމެރިންގެ ބޮޑުމީހާ. އެއީ އުމަރެއްނު. މާމަގެ ރައްޓެއްސެކޭ އެއީ. މާމަ އަތުގައި އުމަރުގެ ނަންބަރު ވެސް އޮންނާނެއޭ ބުނެފައި ފޯނުނަގާފައި ނަންބަރަކަށް ގުޅާލައިފިއެވެ.
އުމަރު: ހަލޯ ވާހަކަ ދައްކަނީ އުމަރު.
ހައްވަ: މީ ހައްވައޭ. މ. ތެލިފޯނުގެއަށް ސަބްމެރިން އެއް ފޮނުވާލަދީބަލަ.
އުމަރު: ކީކޭތޯ؟
ހައްވަ: މަގޭ މާމަ ދަރިފުޅު ސަބްމެރިން އެއް ކާހިތުން ރޯތީ ސަބްމެރިން އެއް ބޭނުން ވެގެން އިނގޭތޯ!
އުމަރު: ހީގެންފައި ބަލަ ހައްވާ މިއީ ކެވޭޒާތުގެ ސަބްމެރިން ހުންނަތަނެއް ނޫނޭ. މިތާ ހުންނަނީ ކަނޑުއަޑީގައި ދުއްވާ ސަބްމެރިންއޭ. ހައްވަ އަޅެ ޖުވޭސް ކިޗަންއަށް ގުޅާލަބަލަ.
ހައްވަ: ނޭނގޭނެއެއްނު، ބޮޑުސިންގާ ފީނާ ބޯޓަކަށް ކިޔާ ނަންވިއްޔާ މީރު ކާއެއްޗަކަށްވެސް ކިޔަނީ. އެހެން ބުނެފައި ޖުވޭސް ކިޗަންއަށް ގުޅާ އޯޑަރުދިނެވެ.