November 24, 2024 06:03
Advertisement

-Advertisement-

ބްރިޓިޝް ލޯޔަލްޓީ ބޯޓު/ފޮޓޯ: ކޮރަލްގްލާސް

ބްރިޓިޝް ލޯޔަލްޓީ ބޯޓު އައްޑޫސިޓީ ކަނޑަށް ފައްތާލެވުނީ ކިހިނެއް؟

ހަނގުރާމައިގެ ދުވަސްވަރު އައްޑޫ ބަނދަރު ވެގެން ގޮސްފައިވަނީ ހަނގުރާމައިގެ އުޅަނދު ފަހަރު ވަރަށް ގިނަ ބަނދަރަކަށެވެ. މީގެތެރޭގައި ކްއީން އެލިޒަބަތު، ކްއީން މޭރީ އަދި ޕްރިންސް އޮފް ވޭލްސް ފަދަ އިނގިރޭސި ފްލީޓްގެ މަޝްހޫރު އުޅަދުތައް ހިމެނެއެވެ.

އެއިރު އައްޑުއަތޮޅުގެ ގަމުގެ ކަނޑާއެކު އަތޮޅުގެ އެތެރެވަރިއަށް ވަދެވެން އޮތް 4 ކަނޑު އޮތީ ބޯޓުފަހަރަށް ނުވަދެވޭނެހެން ހުޅުވައި ލެއްޕޭ ގޮތަށް ހަދައިފައިވާ ދާ ޖަހައިގެން ބަންދުކޮށްފައެވެ.

" މިދަލުގައި ހުރީ މައިން ހަރުކޮށްފަ. އަތޮޅަށް ވަދެނުކުމެ ހަދަން ޚާއްސަ ކުރެވިފައިވަނީ ގަންކަނޑު. މި ކަނޑު އޮތީ ޚާއްސަ ބެލެހެއްޓުންތެރިކަމުގައި. ބޯޓުފަހަރު ވަދެ ނުކުމެ އުޅުނީ ގަމުންދާ ލޯންޗެއް ކުރީގައި އޮވެގެން މަގު ހުޅުވާލަ ދިނުމުން. އިންޑިއާ ކަނޑުގައި ދަތުރުކުރާ އިގިރޭސި ކަނޑުގެ ލަޝްކަރުގެ އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ބަރުކޮށްފައިވާ ތެޔޮ ބޯޓު (ބްރިޓިޝް ލޯޔަލްޓީ) އަބަދުވެސް މި ބަނދަރުގައި ތައްޔާރަށް އޮވޭ" ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތު ދިނެވެ.

Advertisement

ޖާމަން ސަބްމެރީން އަކުން 'ބްރިޓިޝް ލޯޔަލްޓީ' އަށް ދިން ހަމަލާ އަކީ އައްޑޫ މީހުން މި ހަނގުރާމައިގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ގެބިގެން ދިޔަ ހާދިސާއެއް ކަމުގައިވެއެވެ. ޓްރޮޕިޑޯ ނަމަކަށް ކިޔާ މިސައިލެއް ފޮނުވައިގެން މި ހަމަލާ ދީފައިވަނީ 1944ވަނަ އަހަރު މާރިޗް މަހުގެ 9 ވަނަ ދުވަހުގައެވެ. މިހަމަލާގެ ސަބަބުން 6993 ޓަނުގެ 'ބްރިޓިޝް ލޯޔަލްޓީ' ގެ އެއް ޓޭންކުގައި ހެދިގެން ދިޔަ ބޮޑު ބާގަނޑުން ބަންޑުންވީ ތެޔޮ އައްޑުއަތޮޅުގެ އެތެރެވަރީގެ ކަނޑުގެ ސަރަހައްދަށް ވަނީ ފެތުރިފައެވެ.

މަރާމާތުކޮށްގެން 'ބްރިޓިޝް ލޯޔަލްޓީ' ދުވަސްކޮޅަކަށް ބޭނުންކުރިއަސް ހަނގުރާމަ ނިންމާފައި ދަމުން ދިޔައީ އައްޑުއަތޮޅު މަރަދޫގެ 'ހަންކެޑަ' އާއި ދިމާ ބޭރަށް މި ބޯޓު ކަނޑު ފައްތާފައެވެ. މިއީ އައްޑުއަތޮޅު އެތެރެވަރީގެ ހަނގުރާމައިގެ އާސާރަށް ވެފައިވާއިރު މިއީ މިހާރުވެސް ވަރަށް މަޝްހޫރު ޑައިވިންގ ސައިޓެއްކަމުގައި ވަނީ މަޢުލޫމާތު ލިބިފައެވެ.

 

މަޢުލޫމާތު: ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒު

+1
1
+1
6
+1
0
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް