September 21, 2024 13:26
Advertisement

-Advertisement-

ޗިލީ ސްޕައިސީ ސޮސެޖް މިގޮތަށް ތައްޔާރުކޮށްލުމުން ވަރަށްގިނަ މީހުންނަށް ކަމުދޭ!

ބޭނުންވާތަކެތި

10 ސޮސެޖް (ހުރިހާ ސޮސެޖެއް 4 ބުރިކޮށްފައި)

2 ފިޔާ (ކޮށާފައި)

Advertisement

1 ސައިސަމުސާ މަސްޓަރޑް ކްރީމް

1 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސް

2 ރޯމިރުސް ފަޅިކޮށްފައި

1 ސައި ސަމުސާ ގިތެޔޮމިރުސް ކޮށާފައި

2 ކެޕްސިކަމް ކަރުނަގާ ކޮށާފައި

1/4 ސައިސަމުސާ މުގުރި އަސޭމިރުސް

1 ހިކަނދިފަތް

½ ޖޯޑު ޓޮމާޓޯ ސޯސް

½ ޖޯޑު ޕީލްޑް ޓޮމާޓޯ

ލޮނުކޮޅެއް

ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުންމައްޗަށް އުދާލާށެވެ. ކުޑަ ތެޔޮފޮދެއް އަޅާލުމަށްފަހު ހޫނުވީމަ ފިޔާ، ކެޕްސިކަމް، މިރުސް، ހިކަނދިފަތް އެއްކޮށް އަޅާލާށެވެ. ފިޔާކޮޅު މޯޅިވީމަ ސޯސް ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތަކެއް އެއްކޮށް އަޅާފައި ރޯފިލަންދެން މަޑުގިނީގައި ހަނާކޮށްލާށެވެ.

ސޯސް އެއްކޮށްފައި 1 މިނިޓްވަރު ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ.

މިއީ ވަރަށްގިނަ މީހުންނަށް ކަމުދާ ޑިޝްއެއް ކަން ވަނީ ފާހަގަކުރެވިފައެވެ.

+1
0
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް