November 22, 2024 15:59
Advertisement

-Advertisement-

ކުޅަދުރު ކަށިޖެހީތަ؟ ހަންގަނޑު ރީތިކޮށް އޮމާންކޮށްލަން، މިއޮތީ ހައްލު!

ކުދީނާފަތް ގަހަކީ އާންމު ގޮތެއްގައި 30-100 ސެންޓިމީޓަރަށް ބައެއްފަހަރަށް 3 ފޫޓުގެ ދިގުމިނަށް ހެދޭ ގަހެކެވެ. މިބާވަތުގެ ގަސް ހެދިބޮޑުވުމާއި ގުޅިފައިވަނީ އިރުގެ އަލި ލިބޭ މިންވަރެއްގެ މައްޗަށެވެ. މިގަހުގެ ފަތަކީ ދިގުމިނުގައި 5 ނުވަތަ 9 ސެންޓިމީޓަރުގައި ހުންނަ ޒަވިވަހެއް ދުވާ އާވިރަހައެއްލާ ފެހިކުލަ ގަދަ ފަތެކެވެ.

ކާއެއްޗެހި ތައްޔާރު ކުރުމަށާއި ދިވެހި ބޭސްވެރިކަމުގައިވެސް މިފަތް ބޭނުންކޮށް އުޅެއެވެ. އަދި އެކި ސޫފާސޫފިތަކުގެ އުދަނގުލުން ސަލާމަތްވުމަށް މިފަތް ބޭނުންކުރެއެވެ. ކުދީނާ ފަތުގެ އެކި ވައްތަރުތައް ހުންނައިރު ގަހުގައި އަޅާ މާ ހުންނަނީ މަޑު ފިޔާތޮށި ނުވަތަ ހުދު ކުލައެއްގައެވެ. ތަފާތު އެކި ބުއިންތަކާއި ކާއެއްޗެހި ތައްޔާރު ކުރުމުގައިވެސް ކުދީނާފަތް ބޭނުންކުރެއެވެ.

ކުދީނާފަތުގެ ކޮންމެ 100 ގްރާމެއްގައި 8.41 ގްރާމް ކާބޯހައިޑްރޭޓް، 3.28 ގްރާމް ޕްރޮޓީން، 8.6 ގްރާމް ފައިބަރ ހިމެނޭ ކަމަށްވެއެވެ.

Advertisement

ސިއްޙީ ބައެއް ފައިދާތައް

 ކުދީނާ ފަތަކީ މޫނުގައި އެ ބޭނުންކުރުމުން އޮށާޅަ އާއި ބިހި ނެގުން ކުޑަކޮށްދީ، ހަމުގެ ބައެއް ބަލިތަކަށް ހައްލުލިބި ހަންގަނޑު އޮމާންކޮށްދޭ އެއްޗެކެވެ. މިފަތުގައި ހިރުވުމާއި ކެހުން ކަނޑުވާލުމުގެ ބާރު އެކުލެވޭތީ މިއީ މަދިރި ހެފުން، ކުޅަދުރު ކަށިޖެހުން، ފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ ބާވަތެއްގެ ފަތެކެވެ. ބައެއް ބާވަތްތަކުގެ ލޯޝަނާއި ކްރީމް ފަދަ ތަކެތި އުފެއްދުމުގައި ކުދީނާ ފަތް ހިމަނާފައި ހުންނަކަން ފާހަގަކުރެވެއެވެ.


ކުދީނާ ފަތަކީ ކާހިތްޖައްސުވާ އަނގަތެރެ ސާފުކޮށްދޭ ބާވަތެއްގެ ފަތެއްކަމުން ހުޅަގުގެ ގިނަ ގައުމުތަކުގައި ކާން ފެށުމުގެ ކުރިން ކުދީނާ ފަތް ނުވަތަ ފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސޫޕް ފަދަ ތަކެތި ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ކުދީނާފަތް ބޭނުންކުރުމަކީ ބަނޑުގައި ރިހުމާއި ބަނޑުގައި އުފެދޭ އެކިއެކި މައްސަލަތައް ލުއިކޮށްދޭ ކަމެކެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި "އިރިޓަބަލް ބޮވެލް ސިންޑްރޯމް" ހުންނަ މީހުންނަށް ކުރިމަތިވާ މައްސަލަތައް (ބަނޑު ހަރުވުން، ވައިގެ އުނދަގޫވުން، ބޭރަށް ހިންގުން) ފަދަ ކަންކަން ކުދީނާފަތް ބޭނުންކުރުމުން ލުއިކޮށްދޭ ކަމަށްވެއެވެ. ދަތުރުކުރާއިރު ބޯއެނބުރުމާއި މޭނުބައިކުރާ މީހުންނަށް މިކަމުން މިންޖުވުމަށް ކުދީނާ ފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ "މެންތޯލް" ތެޔޮ ބޭނުންކުރެއެވެ. އަދި މިފަތް ބޭނުން ކުރުމުން ހަށިގަނޑުން ވިހަބޭރުކޮށްދިނުމާއި، އިންފެކްޝަންތަކުން ދުރުކޮށްދިނުމާއި އަދި ލޭ ސާފުކޮށްދޭކަމަށްވެއެވެ.

 

މަސްދަރު: ސިއްޙަތުބްލޮގް/ގާރޑްނާރސްޕަތް

+1
1
+1
6
+1
2
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް