September 20, 2024 19:33
Advertisement

-Advertisement-

އަނބު ބޭނުންކޮށްގެން ޓްރެސް ލެޗެސް ކޭކު ތައްޔާރުކުރެވިދާނެ މީރު ގޮތެއް!

ބޭނުންވާތަކެތި:

1 ޖޯޑު އާއި 2 މޭޒުމަތީ ސަމުސާ ކޭކްފުށް ނުވަތަ އާދައިގެ ފުށް

½ 1 ސައިސަމުސާ ބޭކިންގ ޕައުޑަރ

Advertisement

¼ ސައިސަމުސާ ލޮނު

5 ބިސް

1 ޖޯޑު ހަކުރު

1 ސައިސަމުސާ ވެނީލާ އެސެންސް

1/3 ޖޯޑު ދިޔާކިރު (ފުލްކްރީމް)

އަނބު ކްރީމް ތައްޔާރުކުރާނެ ގޮތް

¾ ފުލްކްރީމް މިލްކް (އެވަޕަރޭޓްކޮށްފައި)

¾ ޖޯޑު ފުލްކްރީމް މިލްކް

½ ގެރިކިރު ދަޅު

ޓްރެސް ލެޗެސް ކޭކު ތައްޔާރުކުރާނެ ގޮތް

ބިހުގެ ހުދުބައި އަދި ރީދޫބައި ވަކިކުރުމަށްފަހު ދެ ތައްޓަށް އަޅާށެވެ. ½ ޖޯޑު ހަކުރު އެޅުމަށްފަހު ބިހުގެ ހުދުބައި މިކްސަރުން ގިރާށެވެ. ބިހުގެ ރީދޫ ބައިގެ ތެރެއަށް މަޑުމަޑުން ފުށްއެޅުމަށްފަހު އެއްކުރަމުންދާށެވެ. ބޭކިންގ ޕައުޑަރ، ވެނީލާ އެސެންސް އަޅާށެވެ. އެއަށްފަހު ކުރިން ގިރާފައި ހުރި ބިހުގެ ހުދުބައިވެސް ސަމުސަލެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ.

ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރެވުމުން ޓްރޭއެއްގައި 45 މިނިޓް ވަންދެން 180ޑިގްރީ ހޫނުމިނުގައި އަވަން ބެހެއްޓުމަށްފަހު ފިހެލާށެވެ.

އަނބު ކްރީމް ތައްޔާރުކުރުމަށް އަނބު ކުދިކޮށް ކޮށާލުމަށްފަހު، ގެރިކިރު، އެވަޕަރޭޓެޑް މިލްކް، ފުލްކްރީމް މިލްކް އަޅައިގެން އެއްކޮށްލާށެވެ.

ކޭކު ފިހެވުމުން އުލެއް ބޭނުންކޮށްގެން ކޭކުމަތީގައި ކުޑަކޮށް ލޯވަޅުހަދާށެވެ. އެއަށްފަހު ކޭކުގެ މައްޗަށް އަނބުކްރީމް ރަނގަޅަށް ކޭކު ފޯވެ އެތެރެއަށް ރަހަ ވަންނާނެގޮތަކަށް އަޅާށެވެ. އަދި ފްރިޖުގައި 30 މިނިޓްވަންދެން ބަހައްޓާށެވެ.  

ވިޕް ކްރީމް

ކުޑަ އައިސިންގޝުގަރ ކޮޅެއް އަޅައިގެން ރަނގަޅަށް ވިޕް ކުރުމަށްފަހު، ފުރިޖުގައި ހުރި ކޭކު ފިނިވުމުން ކޭކު މަތީގައި އަތުރާލާށެވެ. އެއަށްފަހު އަނބު ކުދިކޮށް ކޮށާލުމަށްފަހު މަތީގައި ރީތިގޮތަކަށް އަތުރާށެވެ.  އަދި ފްރިޖުގައި 2 ގަޑިއިރުވަރު ބެހެއްޓުމަށްފަހު ކެއުމުން ބޮޑަށް މީރުވާނެއެވެ.

+1
2
+1
7
+1
0
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް