November 22, 2024 14:56
Advertisement

-Advertisement-

ތާޒާ އަލަނާސި ޖޫސް ބުއިމުން ލިބޭ ފައިދާ!

އަލަނާސި ގަހަކީ އާންމު ގޮތެއްގައި ހޫނު ގައުމުތަކުގައި ހެދޭ ގަހެކެވެ. މި ގަސް އާންމުކޮށް ހެދެނީ 1.5-1 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. އަލަނާސި ގަހުގެ ފަތުގައި 100-30 ސެންޓިމީޓަރާއި ދެމެދުގެ ދިގުމިން ހުރެއެވެ.

މިއީ ބޯކަށިކެޔޮގަހެއް ކަހަލަ ގަހެއްގެ ކުރިން ނުކުންނަ ފޮނި މޭވާއެކެވެ. މިމޭވާގެ މަތީކުރި ދާނީ ހެދެމުންނެވެ. މީވަރަށް މީރުވަސްދުވާ ދިވެހިންގެ ތެރޭގައި މަޝްހޫރު މޭވާއެކެވެ. އެހެންނަމަވެސް އަލަނާސި ގަސް ހެދި އަލަނާސި ނުކުންނަން 16 މަހާއި 24 މަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. އާންމުކޮށް އަލަނާސި ގަހުގައި 7 އަހަރެއްހާ ދުވަސް ވަންދެން އަލަނާސި ނުކުމެއެވެ.  

އަލަނާސީގެ ސިއްޙީ ބައެއް ފައިދާތައް

Advertisement

އަލަނާސި އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ލޮލުގެ ސިއްޙަތަށް ވަރަށް ބޭނުންތެރި މޭވާއެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތައް މަދުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަލަނާސި އަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށާއި ކަށިތައް ވަރުގަދަކޮށްދޭ މާއްދާއެއް އެކުލެވިގެންވާ މޭވާއެކެވެ.

ހަޖަމުކުރުމުގައި ދިމާވާ ބައެއް މައްސަލަތަކާއި ކަރުތެރެ ދުޅަވުން ފަދަ ކަންކަމުން ދުރުކޮށްދިނުން.

އަނގަޔާއި ކަރުތެރޭގައި ދަވަ އުފެދުމަށް ހައްލު ލިބުން. އަލަނާސީގައި ހިމެނޭ 'ބްރޮމެލައިން' ކިޔާ މާއްދާއެއްގެ ސަބަބުން ކަރުތެރޭގައި އުފެދިފައި ހުންނަ ދަވަތައް ދިޔާކޮށް ބޭރުކުރުމަށް އެހީތެރިވެދެއެވެ.

އަލަނާސި އަކީ ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ މޭވާއެއްކަމުން ބަނޑު ހަރުވުމުގެ މައްސަލަތަކުން ސަލާމަތްވުމަށް ބާރު ލިބިދެއެވެ. އަދި ގޮހޮރުގައި އުފެދޭ އިންފެކްޝަން ބޭރުކުރުމަށް ތާޒާ އަލަނާސި ޖޫސް ބޭނުންކުރާ ކަމަށްވެއެވެ.

ބައެއް ދިރާސާތަކުގައިވާ ގޮތުން ނޭވާލާ ނިޒާމަށް އިންފެކްޝަންގެ ސަބަބުން ޖެހޭ ބަލިތައް ތަހަންމަލް ކުރަމުންދާ މީހުންނަށް އެންމެ އެކަށީގެންވާ އެއް ފަރުވާއަކީވެސް އަލަނާސި ޖޫސް އެވެ. އަދި ރޯ އަލަނާސީގެ ތެރެއަށް އަސޭމިރުސް ކޮޅަކާއި، ލޮނު އަދި މާމުއި އަޅައިގެން ބޭނުންކުރުމުން ކަރުތެރެ ސާފުވާ ކަމަށްވެއެވެ.

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް