September 20, 2024 03:44
Advertisement

-Advertisement-

ގާޒާގެ ޑޮކްޓަރުންގެ ހިތްދަތި ތަޖުރިބާ!

އަލް ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ ޑޮކްޓަރުން އަލްޖަޒީރާއާއި ހިއްސާކޮށްފައިވާ ހިތްދަތި ވާހަކަތަކަށް ބަލާއިރު، ދެން ހޮސްޕިޓަލަށް ގެނެސް ވައްދާނީ އަމިއްލަ އާއިލާގެ މެންބަރެއް ނޫންކަންވެސް ނޭނގޭ ހާލުގައި ޑޮކްޓަރުން ދަނީ މީހުންގެ ފުރާނަ ސަލާމާތްކުރުމުގައި ހަރަކާތްތެރިވަމުންނެވެ. ގާޒާއަށް އިސްރާއިލްއިން ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި ފާއިތުވި މެއި މަހުގައި ވަނީ ވަރަށް ސީނިއަރ ދެ ޑޮކްޓަރުން ނިޔާވެފައެވެ. އެއީ އަލް ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އައި ޑރ.އައިމަން އަބޫ އަލް އައުފް އަދި ޑރ.މޫމިން އަޙްމަދު އަލްއައުލްއެވެ.

އުމުރުން އެންމެ 33 އަހަރުގެ ޑޮކްޓަރެއްކަމަށްވާ ސާރާ އަލް ސައްގާ ބުނެފައިވާ ގޮތުގައި އޭނާ ދަނީ ދުވާލަކު 18 ގަޑިއިރު ހޮސްޕިޓަލުގައި މަސައްކަތްކުރަމުންނެވެ. އަދި އަބަދު ބޮން ގޮއްވާ މި ނާޒުކު ހާލުގައި ވަރަށް ފިކުރު ބޮޑުވާކަމަށް ބުނެފައިވެއެވެ.

"ވަރަށް ތަފާތު ކޭސްތައް އެބަހުރި، އަހަރެމެންނަކަށް ނޭނގޭ ކޮންކަހަލަ އެއްޗެއް ބޭނުންކޮށްގެން ލިބޭ އަނިޔާއެއްކަމެއް ދެނެގަންނަން. އެނގޭހާވެސް ކަމަކީ މިއީ ހަމަ މަރަން ދޭ ހަމަލާކަމަށާއި، މިއީ އަނިޔާ ކުރުމަށް ދޭ ހަމަލާތަކެއް ނޫންކަން. އަދި ގިނައިން ހޮސްޕިޓަލަށް ގެންނަމުންދަނީ މަރުވެފައިވާ މީހުންނާއި ވަރަށްބޮޑެތި އަނިޔާ ލިބިފައިވާ މީހުންކަމަށް" އޭނާ ބުންޏެވެ.

Advertisement
ނިޔާވި ދެ ޑޮކްޓަރުން

ޑރ.އައިމަން އަބޫ އައުފްގެ މަރުގެ ޚަބަރަކީ މިހާތަނަށް ލިބުނު އެންމެ ހިތްދަތި ޚަބަރުކަމަށް ޑރ.ސާރާ ވިދާޅުވެފައިވެއެވެ. ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ އިތުރަށް ހޮސްޕިޓަލުގައި ޑޮކްޓަރުގެ އަރިހުގައި މަސައްކަތްކޮށްފައި ވާނެކަމަށް އޭނާ ބުންޏެވެ.

މިލިޓަރީ ޑޮކްޓަރެއް ނޫންނަމަވެސް މިފަހަރު ގިނައިން ފަރުވާ ދޭން ޖެހިފައިވަނީ މިލިޓަރީ ލަޝްކަރުގައި ލިބޭ އަނިޔާތަކާއި އެއްފަދަ އަނިޔާއަށް ކަމަށާއި، ހުރިހާވެސް މަސައްކަތަކަށް ވެފައިވަނީ ހޮސްޕިޓަލަށް ގެންނަ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށް އުމުރުން 42 އަހަރުގެ ޑރ.ހާނީ އަލް ސާންތި ވިދާޅުވިއެވެ. ހޮސްޕިޓަލުގައި ހުންނަ ވަގުތު ރައްކާތެރިކަން ލިބުނު ނަމަވެސް ވިސްނުން ހުންނަނީ ގޭގައި ތިބި އަނބިދަރިންނާއި އާއިލާމީހުންނާއި މެދުގައިކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ގޭގައި ހުންނަ ވަގުތު ބިރުވެރިކަން އިތުރުވަނީ އޭނާ އުޅޭ ސަރަހައްދަކީ ވަށައިގެން ބޮމުގެ ހާދިސާތައް ހިނގަމުން އަންނަ ސަރަހައްދަކަށް ވާތީ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގެއާއި ހޮސްޕިޓަލަކީ އޭނާއަށް އެމެޖެންސީ ދެތަންކަމަށް ބުނެފައިވެއެވެ.

"މިހާރު މި އަންނަ ހަމަލާތަކުގައި ބޮންގޮއްވާ އަޑުފަށްގަނޑުގެ ސަބަބުން އިންސާނާއަށް މާބޮޑަށް ނަފްސާނީ ގޮތުން އަނިޔާވޭ، ގިނައިން ހޮސްޕިޓަލަށް ގެންނަނީ ހާރޓްއެޓޭކް ޖެހިގެން ގެންނަ މީހުން. ގޭގަވެސް އަދި ހޮސްޕިޓަލުގައިވެސް ނިދި ނުލިބި މަސައްކަތްކުރަން ޖެހުމުން ނަފްސާނީ ބަލިމަޑުކަމެއް ލިބެމުން އެބަދޭ" ޑޮކްޓަރު ވިދާޅުވިއެވެ.

މިކަންތައްތަކާއި އެކު ކޮވިޑް 19ގެ ދަތިކަމާއި ފެނާއި ކަރަންޓުގެ މައްސަލަތައް ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

ޑރ.އައިމަން އަބޫ އައުފްގެ މަރުގެ ޚަބަރަކީ ވަރަށް އުނދަގޫވި ޚަބަރެއްކަމަށާއި އެ ހާދިސާގައި ސަލާމަތްވެފައިވަނީ ޑޮކްޓަރުގެ ފިރިހެން ދަރިފުޅު އެކަނިކަމަށް ޑރ.ހާނީ ހާމަކުރެއްވިއެވެ. އަދި އޭނާގެ ބައްޕައާއި އާއިލާގެ މީހުންގެ ވާހަކަ އަހަމުން އަންނަކަމަށް ބުނެފައިވެއެވެ. ނަމަވެސް އެމީހުން އެހެން ވޯރޑެއްގައި އެބަތިބި ކަމަށް ބުނެ ދޮގުހަދާފައިވާނެކަމަށް ބުނެފައިވެއެވެ.

15 އަހަރަށް ވުރެން ގިނަ އަހަރު ގާޒާގެ ކުދިންނަށް ރީތި ދުވަހެއް ފެނިފައި ނުވާކަމަށާއި، ހުރިހާ ކުދިންނަށްވެސް ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފައިވާކަމަށް 48 އަހަރުގެ ޑރ.އާމިދް އައްވަދު ވިދާޅުވިއެވެ.

+1
0
+1
1
+1
2
+1
0
+1
0
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް