November 22, 2024 08:31
Advertisement

-Advertisement-

ފައިދާހުރި މީރު ކެއުމެއް ތައްޔާރު ކޮށްލަމާ!

ބީޓްރޫޓް ރައިސް ތައްޔާރު ކުރުމަށް ބޭނުންވާތަކެތި

1 ޖޯޑު ބާސްމަތީ ރައިސް

1 ޖޯޑު ދިގުކޮށް ހިމުންކޮށް ކޮށާފައިހުރި ބީޓްރޫޓް

Advertisement

½ ފިޔާ

3 ލޮނުމެދު

½ ޗިކަން ކިއުބް

5 ހިކަދިފަތް (ކުދިކޮށް ކޮށާފައި)

އަސޭމިރުސް (ރަހަލާވަރަށް)

ލޮނު

ރާޅުމިރުސް

ތައްޔާރުކުރާނެ ގޮތް:

ތަވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ތެޔޮ ހޫނުވުމުން ފިޔާ އަދި ލޮނުމެދު އަޅާށެވެ. އެއަށްފަހު ޗިކަން ކިއުބް، އަސޭމިރުސް، ލޮނު، އަދި ރާޅު މިރުހާއި ބީޓްރޫޓް އެޅުމަށްފަހު 10 މިނިޓްވަންދެން މަތިޖެހުމަށްފަހު ކައްކާށެވެ. އެއަށްފަހު ބަތް އެއްކޮށްލާށެވެ.

ގްރިލްޑް ޗިކަން ތައްޔާރުކުރަން ބޭނުންވާތަކެތި

100ގ. ބޯންލެސް ޗިކަން

1 ގިތެޔޮ މިރުސް

4 ފުށް އަސޭމިރުސް

ލޮނު

½ ލުނބޯ

5 ހިކަދިފަތް

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ހަރބްސް (މިކްސްޑް)

ތައްޔާރުކުރާނެ ގޮތް

އޮލިވް އޮއިލް އާއި ހުރިހާބާވަތެއް އެއްކުރުމަށްފަހު މިކްސަރުން ހިމުންކޮށްލާށެވެ. އެއަށްފަހު ކުކުޅުމަސްކޮޅުގައި ހޭކުމަށްފަހު ތަވާގައި ފިހެލާށެވެ. ބޭނުންނަމަ އަވަނުން ވެސް ފިހެވިދާނެއެވެ.

+1
1
+1
4
+1
1
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް