November 23, 2024 05:22
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: މުސަޅާއި ކެރެޓު

ދަނޑު ހައްދާ ހިސާބެއްގައި އުޅޭ މުސަޅެއް ބަނޑުހައިވެގެން ކާއެއްޗެއް ފެނޭތޯ ދަނޑު ވަށައިގެން ހޯދަމުން ދަނިކޮށް ކެރެޓް ދަނޑެއްގެ ކައިރީގައި ފުންޏަކަށް ކެރެޓް ބަހައްޓާފައި ހުއްޓާ ފެނުނެވެ. ކުޑަވަރެއްގެ ފިރިހެން ކުއްޖަކު ކެރެޓްފުނި ކައިރީގައި އިށީނދެލައިގެން އިނެވެ. މުސަޅު ހިތާހިތާ ކިޔާލިއެވެ. މިކުއްޖާ ހައްލާލައިގެން ކެރެޓެއް އަތުލަންވީއެވެ. ދެން މުސަޅު ކެރެޓްފުންޏާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އޮވެ އެކުއްޖާ އަށް ގޮވާލިއެވެ.

މުސަޅު: އޭބަލަ ކޮއްކޯ! ކޮއްކޮ އެކަނި ތިޔައިނީ ކީއްވެތަ؟

އެކުއްޖާ: ބައްޕަ ދިޔައީ ކެރެޓް އުފުލަން ބަރޯއެއް ހޯދަން. އަހަރެން މިއިނީ މި ކެރެޓް ބަލަހައްޓަން!

Advertisement

މުސަޅު: ކޮއްކޮއަށް ކިޔަނީ ކޮންނަމެއްތަ؟

އެކުއްޖާ: ޔާސީން

މުސަޅު: ކޮއްކޮ ތިޔައިނީ ފޫހިވެފަދޯ!

ޔާސީން: އާނ ބައްޕަ ވަރަށް ލަސްވެއްޖެވިއްޔާ!

މުސަޅު: ޔާސީން އަށް އެނގޭތަ ލަވަކިޔަން!

ޔާސީން: ނޭނގެ!

މުސަޅު: އަހަންނަށް އެނގޭ ވަރަށް ރީތިކޮށް ލަވަކިޔަން!

ޔާސީން: ކިޔާލަބަލަ!

މުސަޅު: ކެރެޓެއްދޭ މަތިން ލަވައެއް ކިޔާދެވެނީ!

ޔާސީން: އާނ. އެންމެ ރަނގަޅު ކެރެޓެއް ދީފާނަން ލަވައެއް ކިޔާދީ!

ޔާސީން އެހެން ބުނުމުން މުސަޅު ލަވަކިޔަން ފެށިއެވެ.

ކެރެޓަކީ މުސަޅަށް މީރު ކާއެއްޗެކޭ

ކެރެޓަކީ ގައިގެ ހަން އޮމާން ކޮށްދޭ އެއްޗެކޭ

ކެރެޓަކީ ކާލަން އަނގަޔަށް މީރު އެއްޗެކޭ

ކެރެޓަކީ ރޮލާވެސް ކެވޭ އެއްޗެކޭ

ކެރެޓަކީ ފަނިވެސް ގިރާ އެއްޗެކޭ

ކެރެޓަކީ އެންމެން ވެސް ކާންޖެހޭ އެއްޗެކޭ

މުސަޅުގެ ލަވަ ނިމުމުން ޔާސީން މުސަޅަށް ކެރެޓެއް ދިނެވެ.

މުސަޅު ޝުކުރު އަދާކޮށްފައި ޔާސީން ކައިރިން އަހާލިއެވެ.

މުސަޅު: ލަވަ ރީތިތަ؟

ޔާސީން: އާނ ވަރަށް ރީތި!

މުސަޅު: އެހެންވިއްޔާ އަންނާނަން ކޮންމެދުވަހަކު ލަވައެއް ކިޔާލަދޭން. ކޮންމެ ދުވަހަކުވެސް ވާނެ ކެރެޓެއްދޭން!

އެހެންބުނެފައި މުސަޅު ކެރެޓް ހިފައިގެން ހިނގައްޖެއެވެ.

ދެން ޔާސީން މުސަޅު ލަވައިގައިކީ ތެދުތޯ ބަލަންވެގެން ކެރެޓެއް ނަގާފައި، ފެންފުޅިން ދޮވެލާފައި ކާލިއިރު ވަރަށް މީރެވެ.

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް