November 22, 2024 09:00
Advertisement

-Advertisement-

މިގޮތަށް ކުކުޅު ފިހެލުމުން ރަހަ ތަފާތުވެފައި ވަރަށް މީރު!

ބޭނުންވާ ތަކެތި

1 ކުކުޅު

8 ލޮނުމެދު

Advertisement

½ ލުނބޯ

ރަހަލާވަރަށް ލޮނު

މުގުރި އަސޭމިރުސް (1 މޭޒުމަތީ ސަމުސާ)

ތަންދޫރި މަސާލާ (2 މޭޒުމަތީ ސަމުސާ)

މިކްސްޑް ހާރބްސް

ޓައިމް ހާރބްސް

ރޯޒްމެރީ

ކޮރިއެންޑަރ ފަތް

މުގުރި ދިރި (1 ސައިސަމުސާ)

މުގުރި މިރުސް (1 ސައިސަމުސާ)

ޓޮމާޓޯ ޕޭސްޓް (1 މޭޒުމަތީ ސަމުސާ)

ތައްޔާރުކުރާނެ ގޮތް

ކުކުޅު ރަނގަޅަށް ޅިޔަ އަޅާފަ ފެން ހިއްކާލާށެވެ. އެއަށްފަހު ރީއްޗަށް ކުކުޅުގައި އޮލިވްއޮއިލް ހޭކުމަށްފަހު، ފޮއިލް އޮޅާލުމަށްފަހު ޓްރޭއަށްލާފަ ބާއްވާށެވެ. ދެން ތައްޔާރުކުރަން ބޭނުންވާ ތަކެތީގެތެރެއިން ހާރބްސް ފިޔަވައި ދެންހުރި އެއްޗެހި އެއްކޮށްލުމަށްފަހު، ހަވާދު ގަނޑެއްގޮތަށް ފެންފޮދެއްއަޅާ މިކްސަރުން ހިމުންކުރުމަށްފަހު ކުކުޅުގެ އެތެރޭގައާއި ބޭރުގައި ރަނގަޅަށް ހާކާށެވެ.

އެއަށްފަހު ކޮރިއެންޑަރ ފަތް ކޮށާފައި ކުކުޅު މަތީގައި ފަތުރާށެވެ. އަދި ހާރބްސް ވެސް ކުކުޅުގެ މައްޗަށް ވާގޮތަށް ބުރުވާލާށެވެ. އަވަން 180 ޑިގްރީ ގައި ބެހެއްޓުމަށްފަހު 45 މިނިޓް ވަންދެން ފިހެލާށެވެ. މިގޮތަށް ފިހެލުމުން ވަރަށް މީރުވާނެއެވެ.

 

 

+1
1
+1
3
+1
0
+1
0
+1
0
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް