November 24, 2024 18:55
Advertisement

-Advertisement-

ރަހަމީރު ފުފޫކަނދި ތައްޔާރުކުރާނެ ގޮތް!

ބޭނުންވާތަކެތި:

2 ޖޯޑު ފުފޫ (ކުދިކޮށް ކޮށާފަ)

3 މޭޒުމަތީ ސަމުސާ ޒުވާރިފުށް

Advertisement

1 ޖޯޑު ކާށިކިރު (އޮލަކޮށް)

1 ރާނބާފަތް (7 އިންޗި)

½ ޖޯޑު މާފެން

½ ޖޯޑު ހަކުރު (ފޮނިރަހަލާވަރަށް)

4 ޖޯޑު ފެން (ފުފޫ މަޑުކުރުމަށް)

1 ½ ޖޯޑު ފެން (ކަނދި ކެއްކުމަށް)

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ހަތަރު ޖޯޑު ފެން އަޅައިގެން ފުފޫ މަޑުވަންދެން ކައްކާށެވެ. ފުފޫ މަޑުވުމުން ރާނބާފަތް އަދި ޒުވާރި ފުށް އޮލަވާވަރަށް އެއްކޮށްގެން ކައްކާށެވެ. ދެން އެއަށްފަހު ހަކުރު އަދި ފެން އަޅައިގެން ކައްކާށެވެ. ހަކުރު ވިރެންދެން ކެއްކުމަށްފަހު ބޯކިރު އަޅައި މަޑުގިނީގައި އިރުކޮޅަކު ކައްކާށެވެ. ކައްކަމުންދާއިރު ދޭފަތުން ހަލަމުން ކައްކާށެވެ. ކައްކާ ނިމުމުން މާފެން އަޅާ އެއްކުރުމަށްފަހު އުނދުންމަތިން ބާލާށެވެ. ފިނިކޮށްގެން ކާން ވަރަށް މީރުވާނެއެވެ.

+1
3
+1
13
+1
0
+1
1
+1
2
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް